Ads by
ޚަބަރު
ރަމަޟާންމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 09:00 އިން 01:00 އަށް

މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

Ads by Eki Online

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން ހަމަޖައްސަވައި، މިދިޔަ އަހަރުގެ މާޗު މަހުގެ ހަ އެއްގައި އެކަމާބެހޭ ދެންނެވުމެއް ނެރުއްވައިފައިވެއެވެ.

އެހެންކަމުން، މި އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *