Wednesday, 9 September 2026
Ads by

ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރި 110 ކުއްޖަކަށް ވަނީ އާޢިލީ ވެށްޓެއް ހޯދައިދެވިފައި: ރައީސް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރި 110 ކުއްޖަކަށް ވަނީ އާޢިލީ ވެށްޓެއް ހޯދައިދެވިފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ--- ފޮޓޯ/ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން މިހާތަނަށް 110 ކުއްޖަކަށް އާޢިލީ ވެށްޓެއް ހޯދައިދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ޑރ. މުޢިއްޒު މި މޭރުމުން ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އެއްވެސް ފަރުދެއް ބާކީ ނުވާނޭހެން ހަމަހަމަކަމާ ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ސިޔާސަތަކީ މި ސަރުކާރުން ހުރިހާ ދާއިރާއަކުންވެސް ޚިދުމަތް ކުރުމުގައި ޤަބޫލުކުރާ ހަމަ ކަމަށެވެ.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތަކީ ދަޢުލަތުގެ ބެލުމުގެ ދަށަށް އެކި ސަބަބުތަކާހުރެ ގެނެވޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ފަރާތްތަކުގެ ޙާލަތު ބަދަލުކުރެވޭނެ ފުރުޞަތުތަކެއް ހޯދައިދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާޢިލީ ވެށްޓެއްގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތުން، މިހާތަނަށް 110 ކުދިންނަށް އާޢިލީ ވެށްޓެއް ހޯދައިދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެފަދަ ކުދިން ތިބޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، އެ މަރުކަޒުތަކުގައި ޚިދުމަތްކުރާ ފަރާތްތައް އިތުރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، މާލީ ތަނަވަސްކަން އިތުރުކުރުމަށް އެކި ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްސަދުގައި ޤާއިމުކުރާ ”އެމްޕަވާމަންޓް ހަބް“ގެ ޢަމަލީ މަސައްކަތް މި އަހަރު ޖެނުއަރީ މަހު ވަނީ ފަށާފައި. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް، ކަމާބެހޭ ތިން ގަވާއިދެއް ނިމިދިޔަ އަހަރު ފާސްކޮށް ގެޒެޓް ކޮށް، ނުކުޅެދުންތެރިކަން ހުންނަ، 356 ފަރާތަކަށް މިހާތަނަށް ވަޒީފާ ދީފިން.“ — ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ، ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު، ނުކުޅެދުންތެރިކަން ހުންނަ 500 ފަރާތަކަށް ވަޒީފާ ހަމަޖައްސައި ދިނުން ކަމުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި