Sunday, 25 October 2026
Ads by

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށް ހޯމް ސްކޫލިންގ ތަޢާރަފްކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށް ހޯމް ސްކޫލިންގ ތަޢާރަފްކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ--- ފޮޓޯ/ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްގެން ހޯމް ސްކޫލިންގ ތަޢާރަފުކުރުމަށް މި އަހަރު މަޖިލީހަށް ބިލެއް ހުށަހަޅުއްވަން ނިންމާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ތަޢުލީމީ ދާއިރާގައި ވެސް ހަމަހަމަކަމާއި ޢަދުލު އިންސާފުން ތަޢުލީމް ފޯރުކޮށްދިނުން ކަމަށެވެ. ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ކުއްޖެއްގެ ހައްޤުތަކުން އެ ކުއްޖާ މަޙުރޫމު ނުވާނޭހެން ހަމަހަމަ ކަމާއެކު ހުރިހާ ދަރިވަރުން ޝާމިލުވާނޭހެން ކިޔަވައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރި ކަމަކުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމްވެގެން ނުވާނެ. އެގޮތުން ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތު،“ — ރައީސް ވިދާޅުވިއެވެ.

ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުން މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދޭނެ މުދައްރިސުން ލިބުމުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވެވިއެވެ. އެގޮތުން އެ ކުދިންނަށް އުނގަންނައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު މި ޕްރޮގްރާމު މިހާރަށްވުރެ އިތުރަށް ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ބެލެނިވެރިންގެ ތެރެއިން، ސިވިލް ސަރވިސް ވަޒީފާއަދާކުރާ ބެލެނިވެރިންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތު މި އަހަރުގެ މާރިޗު މަހުން ފެށިގެން ލިބިގެންދާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްގެން މި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަން:

  1. އުނގަންނައިދިނުމަށް ޚާއްޞަ ކުލާސްރޫމްތައް
  2. ކުދިންގެ ޙާލަތަށް ރިޢާޔަތްކޮށް ޕްރައިވެސީ ލިބޭގޮތަށް ޚާއްޞަ ފާޚާނާ ހެދުން
  3. ޚާއްޞަ އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް އެޅުން
  4. ކުދިން އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމާއި، ސްކޫލްތަކަށް ބޭނުންވާ ވަޞީލަތްތައް ހޯދުން
  5. އެކި މާއްދާތަކުގެ ޚާއްޞަ ފޮތްތައް ތައްޔާރުކުރުން
  6. ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އޯ ލެވެލްއަށް ކިޔެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން
Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި