Wednesday, 9 September 2026
Ads by

ރިޔާސީ ބަޔާން: ޙާފިޡުންނަށް ސަރުކާރުން ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކުރި

ރިޔާސީ ބަޔާން: ޙާފިޡުންނަށް ސަރުކާރުން ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކުރި

ރައީސް މުޢިއްޒު 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަނީ.. ފޮޓޯ / މަޖްލިސް

ޙާފިޡުންނަށް ސަރުކާރުން ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި ކަމަށް ރައީސް ޑރ. މުޢިއްޒު ހާމަކުރައްވައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖްލީސް ހުޅުވުމަށް ބޭއްވި މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ މި ފާއިތުވެދިޔަ އެއް އަހަރުތެރޭގައި، ޤުރުއާނުގެ ރޮނގުން ހޯދިފައިވާ ކާމިޔާބީއާއި، ޙާސިލް ކުރެވުނު ލަނޑުދަނޑިތައް ތަފްސީލުކޮށްދެއްވާފައެވެ.

އެގޮތުން ކީރިތި ޤުރުއާން ކިޔެވުމާއި އެ މަތިވެރި ކަލާމްފުޅު ހިތުދަސްކުރާ ޙާފިޡުންނަށް ދޭންޖެހޭ ޤަދަރު ދޭން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް އިޢުލާނު ކުރެއްވީ، ޙާފިޡުންނަށް ހިތްވަރުދެއްވުމުގެ ގޮތުން ސަރަުކާރުން ކުރެއްވި މަސައްކަތްތަކުގެ ތަފާސް ހިސާބުތަކެވެ. ރައީސް ވަނީ ޙާފިޡުންނަށް ސަރުކާރުން ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި ވާކަން ހާމަކުރައްވާފައެވެ. އަދި ނިމިދިޔަ 2025 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީޙުގައި އެންމެ ގިނަ މީހުން ޙާފިޒުންގެ ގޮތުގައި ދަސްވެނިވި އަހަރު ގޮތުގައިކަން ފާހަގަކުރެއްވިއެވެ.

”ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރު، އިންސާނާގެ ދެ ދުނިޔޭގެބާއްޖަވެރިކަމަށް މަގުދައްކައިދޭ އިލާހީ ދަންމަރު. ކީރިތި ޤުރުއާން ކިޔެވުމާއި އެ މަތިވެރި ކަލާމްފުޅު ހިތުދަސްކުރާ ޙާފިޡުންނަށް ދޭންޖެހޭ ޤަދަރު އަޅުގަނޑުމެން ދޭން ޖެހޭނެ. އެހެންކަމުން ޙާފިޡުންގެ އަގު ވަޒަންކޮށް، ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި، ޙާފިޡުންނަށް ސަރުކާރުން ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި. ނިމިދިޔަ 2025 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީޙުގައި އެންމެ ގިނަ މީހުން ޙާފިޒުންގެ ގޮތުގައި ދަސްވެނިވި އަހަރު ގޮތުގައި. މިގޮތުން 30 ހާފިޒުން ވަނީ ދަސްވެނިވެފައި. މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް 2028 ގެ ނިޔަލަށް ހުޅުވުމަށް ނިންމާ ނިމިދިޔަ އަހަރު އެ މަސައްކަތް ވާނީ ފަށާފައި“ ރައީސް

މީގެ އިތުރުން ޤުރުއާނާބެހޭ އެކި ކަންކަމަށް ޚަރަދު ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނޭ ނިޒާމެއް ޤާއިމް ކުރުމުގެ ގޮތުން، މާލޭގައި ޤުރުއާނަށް ޚާއްޞަ ވަޤުފު ޢިމާރާތެއް ޤާއިމު ކުރުމުގެ ޢަމަލީމަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ، ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ރާވައި ހިންގުމުގެ ހުރިހާ ޚަރަދެއް ސަރުކާރު ބަޖެޓުން ބެލެހެއްޓުމާއި، ވަނަވެރީންނަށް ދެމުންއައި އިނާމު ދެގުނަ ކުރުމާއި، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއްގެ ގޮތުން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއާ ހަމައަށް ކިޔެވުމުގެ ޚާއްޞަ ސްކޮލަރޝިޕެއް ދޭން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރީތަކޮށް ޤުރުއާން ކިޔެވުމުގެ ހުނަރު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުމަކީ އެންމެ ޢަދުލުވެރިގޮތް ކަމުގައިވާތީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤުރުއާން ކިޔަވައިދޭނެ ޓީޗަރުން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިއަހަރު ތެރޭގައި ފަށްޓަވާނެކަން ރައީސް ވަނީ އިޢުލާނު ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި