Ads by
ޚަބަރު
ކެލާ ފަޅު ތެރޭގައި ރިސޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް
ކެލާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

ކެލާ ފަޅު ތެރޭގައި ރިސޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އާދިއްތަ ދުވަހު ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށު ފަޅު ތެރޭގައި ތަރައްޤީ ކުރެވޭ ރިސޯޓުގެ ފައިދާ ކެލާގެ އިތުރުން މުޅި އަތޮޅަށް ކުރާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުވާ ވަރަށް ދަނޑުވެރިކަން ތަރައްޤީކުރަން ސަރުކާރުން ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދޭނީ ވަރަށް ފުޅާކޮށް އެ މަސައްކަތްކޮށްގެން ކަމަށާއި ކެލާއަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވާން ބޭނުންވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގައި އެކި ރަށްރަށުގައި ގެދޮރުވެރިކަން ގާއިމުކުރުމަށް ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމަށް ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ކެލައަކީ އިސްކަންދޭނެ ރަށެއް ކަމަށެވެ. އެގޮތުން އިޤުތިޞާދީ ކަންކަމަށް ފަހިކުރުމަށްޓަކައި އަދި ކެލާ ތަރައްޤީ ވާނެ ގޮތަށް ގެދޮރުގެ ވަސީލަތްތަކާ ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާއަތްތަކުން ފުރުޞަތުތައް ތަނަވަސްވާ ރަށަކަށް އެ ރަށް ހަދައިދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *