Ads by
ޚަބަރު
ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފިއްލަދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު ފިއްލަދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ފިއްލަދޫ ކައުންސިލާ ބައްދަލުކުރައްވާފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު ހއ. ވަށަފަރު ސްކޫލުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން މިހާރު ބޭނުންވާ ކަންކަން އެކި މިނިސްޓްރީތަކަށް ހުށަހަޅާފައިވާނެކަން ފާހަގަކުރައްވައި، އެ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ކައުންސިލުން ވަނީ ރަށުގެ ކުނި މެނޭޖްކުރުމަށް ބޭނުންވާ ކަމަށާއި ރަށުގެ ބަނދަރުގައި ހުރި ރަނގަޅުކުރަން ބޭނުންވާ ކަންކަން އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ އެކި ދާއިރާތަކުން އަންހެނުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުޞަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވެފައި ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅުންހުރި މުއައްސަސާތަކާ އެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ބައްލަވާނެ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *