Ads by
ޚަބަރު
ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ދިއްދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު ދިއްދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ހއ. ދިއްދޫ ކައުންސިލް އިދާރާގައެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ މަގުތައް ތަރައްޤީ ކުރަން ބޭނުންވާ ކަމަށާއި ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ބޭނުންވާ ކަމުގައި ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވިއެވެ. ރަށުގެ ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ގެންދަން ބޭނުންވާ ކަމަށާއި އިންޖީނުގޭގެ ހާލަތު ވަރަށް ދަށް ކަމުގައި ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމުގައި ވެސް ކައުންސިލުން ރައީސް އާ ހިއްސާކުރެއްވިއެވެ. އަދި ދިއްދޫ ކައުންސިލުން ވަނީ މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވައި، މިހާރު ފަށާފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން މުސްތަގުބަލުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސް އާ ހިއްސާކުރައްވާފައެވެ.

ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަސައްކަތް ކުރާނެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ދިއްދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން އޮތް ގޮތްތައް ބައްލަވައި އެ ކަންކަން ކުރިއަށް ގެންދަވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ބައްދަލުވުމުގެ ކުރިން ރައީސް ވަނީ ދިއްދޫ ކައުންސިލް އިދާރާގެ އާ އިމާރަތް ހުޅުވައިދެއްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *