Ads by
ޚަބަރު
ރަށު ތަރައްޤީއަށް މުހިންމު ކަންކަން ތަކަންދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު ތަކަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ތަކަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކޮމިއުނިޓީ ސެންޓަރެއް ތަކަންދޫއަށް ވަރަށް މުހިންމު ކަމުގައި ކައުންސިލުން ހާމަކުރެއްވިއެވެ. ހަމަ އެއާއެކު، ކުނި މެނޭޖުކުރުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމުގައި ފާހަގަކުރައްވައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރައްވާފައިވެއެވެ. އަދި ރަށުގެ އާމްދަނީ އިތުރުކުރުމަށް ތަކަންދޫގެ އިހުތިސާސުގެ ތެރެއަށް ރަށެއް ގެންނަން ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ތަކަންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން ހުރި ގޮތްތައް ބައްލަވައި، ކަމާ ގުޅުންހުރި މިނިސްޓްރީތަކާ އެމަނިކުފާނު މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި އެ ރަށުގެ މަޝްރޫޢުތަކާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *