Wednesday, 9 September 2026
Ads by

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލޭގައި ހަދާ މާރުކޭޓު ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލޭގައި ހަދާ މާރުކޭޓު ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެޗްޑީސީގެ މައި އޮފީސް--- ފޮޓޯ/ ސަން

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ހުޅުމާލޭގައި ހަދާ ވަޤުތީ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިއަދު ހުޅުވާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެޗްޑީސީން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، ހުޅުމާލޭގައި ހަދާ މާރުކޭޓު ގޮޅިތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމާއި، ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 15:30 އާއި ހަމައަށް އޮންނާނެ ކަމަށެވެ. ހުޅުމާލޭގައި ހަދާ ވަޤުތީ ލޯކަލް މާރުކޭޓުން ޖުމްލަ 15 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިއީ މުޅިންވެސް ހިލޭ ދޫކުރާ ގޮޅިތަކެކެވެ.

އެޗްޑީސީން ބުނީ، އެ ގޮޅިތައް ލިބޭނީ އެކަމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ކަމަށެވެ. އެ ފޯމު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލޭގައި ހަދާފައިވާ ވަޤުތީ މާރުކޭޓު ހަދާފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސްގެ އަށްވަނަ ޓަވަރާއި، އެ ސަރަޙައްދުގައި ހުންނަ ވަޤުތީ މިސްކިތާ ދެމެދުގައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މިއީ، ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ތަރުކާރީއާއި މޭވާ ފަދަ ކާބޯ ތަކެތީ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުން ހަދާ ތަނެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި