Ads by
ޚަބަރު
ރަށުގެ ރައްޔިތުންގެ އިހުސާސްތައް އިހަވަންދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު އިހަވަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން ރަށުގެ ރައްޔިތުން އިހުސާސްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ މިރޭ އެ ރަށު ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި، ކުނި މެނޭޖްކުރާ ޤައުމީ ސިޔާސަތުގެ ތެރެއިން އިހަވަންދޫގައި ކުނި މެނޭޖު ކުރުމަށް ބޭނުންވާ ކަމަށާއި ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށުމަށާއި މަގު ހެދުމަށާއި ރިވެޓްމަންޓް ޖެހުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެށިގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން މަތީ ތަޢުލީމު ހާސިލު ކުރުމަށް ކެމްޕަހެއް ގާއިމުކުރުމާއި ބޭންކުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށާއި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ގޮތުގައި އެ ކަނބަލުން މި ސަރުކާރާ މެދު ދެކެނީ މިއީ ވަރަށް އުންމީދީ ސަރުކާރެއް ކަމުގައެވެ. ރައީސް، އިހަވަންދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައިދެއްވުމަށް އެކަނބަލުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަން ކުރެވެން ހުރި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި އެ ރަށުގެ މަޝްރޫޢުތަކާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *