Sunday, 26 July 2026
Ads by

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް: މިނިސްޓަރ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް: މިނިސްޓަރ

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

Ad Image
Ads by

މިނިސްޓަރ ދެއްވި ޚާއްޞަ ސްޓޭޓްމަންޓެއްގައި ވިދާޅުވީ، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަސް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމާއި، އެ ފަރާތްތައް ބާރުވެރިކުރުވުމުގައި ކޮންމެ ފަރުދެއްގެ ޒިންމާއެއް އޮތްކަން ހަނދާންކޮށްދިނުން ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، އިޖުތިމާއީ ރައްކާތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް ބާރުވެރިކުރުވުމަކީ އޯގާތެރި މުޖުތަމަޢެއް ޤާއިމުކޮށް ހަރުދަނާ އާއިލާތަކެއް ބިނާކުރުމުގެ އަސާސް ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ގުޅިގެން މަސައްކަތް ކުރުމުން ހާސިލުވާ ނަތީޖާ މާ ފޮނިވެފައި ކާމިޔާބު ކަމަށާއި، ކުރިމަގުގައިވެސް މިގޮތުގައި މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ތިން ކަމެއް މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެއީ:

  1. ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ، ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް އޮތުން.
  2. ސްކޫލް މަރުހަލާ ނިންމާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކާއި ދިރިއުޅުމުގެ ހުނަރުތައް އުނގަންނައިދިނުން.
  3. ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކުރުން.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބައަށް ކުރައްވާ މަސައްކަތްތަކަށް ވަޒީރު ތައުރީފު ކުރެއްވިއެވެ. ޚާއްޞަކޮށް، މި ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މި ދައުރުގައި މިހާތަނަށް 350 ވަޒީފާ ހަމަޖައްސަވައިދެއްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ބަޔާން ނިންމަވާލެއްވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި ބައިވެރިވުމުގެ ފުރުޞަތު އޮތް، އޯގާތެރިކަން ލިބިގެންވާ ބައެއްގެ ގޮތުގައި ލެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި