Saturday, 24 October 2026
Ads by

ވައުދުތައް ފުއްދަން ފަސޭހަވާނީ ޕީއެންސީ ކައުންސިލަރުން ހޮވައިގެން : ނައިބު ރައީސް

ވައުދުތައް ފުއްދަން ފަސޭހަވާނީ ޕީއެންސީ ކައުންސިލަރުން ހޮވައިގެން : ނައިބު ރައީސް

ނައިބު ރައީސް ހުސެއިން.. ފޮޓޯ / ޕީއެންސީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަން ފަސޭހަ ވާނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން ކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ނައިބު ރައީސް މިފަދައިން ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހުސެއިން ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަނީ އިޖުތިމާއީ ފޭރާން ރަނގަޅު ކުރެވޭތޯ ކަމަށެވެ. އެގޮތުން މާލޭގެ ހަމަޖެހުން ގާއިމުކޮށް ތަރައްގީ ގެނައުމަކީ ރައީސް ޑރ. މުއިއްޒު މޭޔަރަކަށް ހުންނެވި އިރު، ޕްލޭންކޮށް ”ކަރުދާހަށް“ ގެނެސްފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި ރައީސް މުޢިއްޒަށް އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ މާލެ ސިޓީ ކައުންސިލަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެ މަންޒަރު މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މާލޭގެ މޭޔަރަކަށް ނުކުންނަވާ ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސަކަށް ވާދަކުރައްވާ އައިޝާ އަލައިކާ އަދުނާން މީގެެއިތުރުން އެހެން ދާއިރާތަކަށް ވާދަކުރައްވާ ޕީއެންސީގެ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނަށް ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

”މާލެ ސިޓީގެ މަސައްކަތްތައް ރައީސްއާއެކީގައި ބަރާބަރަށް ކުރިއަށް ދެވޭ ކަމަށްވާ ނަމަ، މިކަމަށް ބޮޑު ހައްލެއް ވެގެންދާނެ. ރައީސް ވަނީ ކޮމިޓީތަކެއް އުފައްދާފައި، ބޮޑެތި ސިޓީގައި މި ހުރި މައްސަލަތައް، ހާއްސަ ގޮތެއްގައި ބާރު ސްޕީޑްގައި ދުއްވުމާއި ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް އެމަނިކުފާނަށް ލަފާ އެރުވުމަށް އެޑްވައިޒަރީ ބޯޑެއް އުފައްދަވާފައިވޭ. އެކަމަކު، މިތަނަށް (މާލެއަށް) ބޭނުންވާ އެހީތެރިކަން މިއުޅެނީ ނުލިބިގެން،“ ނައިބު ރައީސް ވިދާޅުވިއެވެ.

ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އިޖުތިމާއީ ފޭރާން ވީދާލަން ބަޔަކު މަސައްކަތް ކުރާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މި ޤައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރަން ފެއްޓެވި މަސައްކަތްޕުޅަކީ ރައީސް މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ފެއްޓެވި ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވިއެވެ.

”މި ކުޑަކުޑަ އާބާދީއެއް، މި އާބާދީގެ ތެރޭގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް. ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ތެރެއިން އިޖުތިމާއީ ފޭރާން ވީދާލަން މަސައްކަތް ކުރަނީ. ނަމަވެސް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ފެއްޓެވި ބޮޑު މަޝްރޫއެއް އެއީ މި ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރަން ފެއްޓެވި މަސައްކަތްޕުޅު. އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ،“ ނައިބު ރައީސް ވިދާޅުވިއެވެ.

 

މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އެއް އަސާސަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވާއިރު، ކައުންސިލަރުންނަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮތް ފަށަލައެއް ނޫން ކަމަށާއި، ކައުންސިލަރުންނަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭން ކެރޭ ކައުންސިލަރުންނަށް ވާން ޖެހޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި