Ads by
ޚަބަރު
ރަށު ތަރައްޤީއަށް މުހިންމު ކަންކަން އުލިގަމު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު އުލިގަމު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުން ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، އުލިގަމު ކައުންސިލާ ބައްދަލުކުރައްވާފައި ވަނީ މިއަދު ހަވީރު ހއ. ތުރާކުނު ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި އުލިގަމު ކައުންސިލުން ވަނީ އެ ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި ރަށުގެ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރަން ބޭނުންވާކަން ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުން އެންމެ އެދޭ ކަމަކީ ރަށުގައި އާ ޞިއްޙީ މަރުކަޒެއް އެޅުން ކަމުގައި ކައުންސިލުން ހާމަކުރެެއްވިއެވެ. މީގެ އިތުރުން ޔޮޓު ފަހަރަށް ބޭނުން ހިފޭނެ ގޮތަކަށް ބަނދަރު ތަރައްޤީ ކޮށްދެއްވުމަށާއި ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ކަމުގައި ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޮފީހުގެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އުލިގަމު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި އެ ރަށުގެ މަޝްރޫޢުތަކާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *