Ads by
ޚަބަރު
“މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” މަޝްރޫޢު ވާނީ ރާއްޖޭގައި ފެށޭ އިޤުތިޞާދީ އެންމެ ބޮޑު މަޝްރޫޢަށް: ރައީސް
ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

ސަރުކާރުގެ ފަސް ކުންފުންޏެއް އެކުވެގެން އުފެއްދި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ފެށޭ އިޤުތިޞާދީ އެންމެ ބޮޑު މަޝްރޫޢަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދު މެންދުރުފަހު ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި 14 ހަފުތާގެ ތެރޭގައި އިޤުތިޞާދީ ދާއިރާ ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދަރަނި އިތުރުވިޔަ ނުދިނުމަށާއި ދަރަނި ދެއްކުމަށާއި އިޤުތިޞާދަށް އާމްދަނީ އިތުރުކޮށް، އިޤުތިޞާދު ފުޅާކުރުންފަދަ ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވާރުތަވި ދަރަނީގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ހޯރަފުށީގެ ތަރައްޤީއަށް ހިންގަން ފެށި މަޝްރޫޢުތަކުގެ ތެރެއިން ހުއްޓިފައިހުރި މަޝްރޫޢުތައް އަލުން ފައްޓަވައިދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ މުޅިން އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫޢުތަކާއި ކެމްޕެއިންގައި ވަޢުދުވެވަޑައިގެންފައިވާ މަޝްރޫޢުތަކަށް އިސްކަންދެއްވައިގެން މަޝްރޫޢުތައް ތަރުތީބުކޮށް، މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ހިންގައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަންކަމުގެ ގޮތުގައި ހޮސްޕިޓަލުގެ މަޝްރޫއާއި ގިރާ ސަރަޙައްދަށް ހައްލެއް ގެނައުމާއި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރުމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *