Sunday, 26 July 2026
Ads by

ފަރުވާދެމުން އަންނަނިކޮށް އަނެއްކާވެސް އިތުރު ގައިދީއަކު މަރުވެއްޖެ

ފަރުވާދެމުން އަންނަނިކޮށް އަނެއްކާވެސް އިތުރު ގައިދީއަކު މަރުވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް--- ފޮޓޯ/ ސަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވެއްޖެއެވެ.

Ad Image
Ads by

ކަރެކްޝަނުން ބުނެފައިވާ ގޮތުގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިވަނީ، ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) އެވެ. އޭނާ މަރުވެފައިވަނީ ކުއްލި މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރު ފަހު 14:05 ގައި ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ހުޅުމާލޭ ޖަލުގައި ދިގު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެކެވެ.

ކަރެކްޝަނުން ބުނީ އޭނާ މަރުވުމާ ގުޅިގެން އެކަން އޭނާގެ ޢާއިލާއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ހެނދުނު އައިޖީއެމް ހޮސްޕިޓަލުގައި ވެސް ގައިދީއަކު ވަނީ މަރުވެފައެވެ. އެއީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހެއިލް (53އ) އެވެ. އޭނާ މަރުވެފައިވަނީ ޙާލު ދެރަވުމުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު 09:05 ގައެވެ. ސުހެއިލްއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަތާ ހަފުތާއެއް ވެފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި