Sunday, 26 July 2026
Ads by

ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައަކީ ސަރުކާރަށް އެކަނި ހައްލު ކުރެވޭނެ މައްސަލައެއް ނޫން: ނަޝީދު

ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައަކީ ސަރުކާރަށް އެކަނި ހައްލު ކުރެވޭނެ މައްސަލައެއް ނޫން: ނަޝީދު

ރާއްޖެއަށް މިހާރު ދިމާވެފައިވާ ދަރަނީގެ މައްސަލައަކީ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރާއްޖެ މިވަރަށް ދަރަނިވެރިވީ އެމްޑީޕީ ސަރުކާރުން ވައްކަންކޮށް، އިމެއް ނެތި ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް މާހިރުން ބުނެއެވެ.

ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައަކީ މިހާރު ގައުމީ މައްސަލައެއްގެ ގޮތުގައި ބަލަންޖެހިފައިވާ މައްސަލައެއް ކަމަށެވެ.

https://x.com/MohamedNasheed/status/2017939189296214157

”ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށްވީމަ، މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބެދިފައިވާކަން ވަރަށް ސާފު،“ — ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު، 2018 އަދި 2019 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަންޖެހޭ ފައިސާ މި އަހަރުގެ ތެރޭގައި އަދާކުރަންޖެހެ އެވެ.

ސަރުކާރުން އެކުލަވާލާފައިވާ 2026 ވަނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، މި ސްކޫކުގެ ތެރެއިން 450 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި މި ސުކޫކަށް ދެއްކުމަށް ކަނޑައަޅާފައިވާ 150 މިލިއަން ޑޮލަރު އަދާކުރުމަށް ހަމަޖެހިފައިވަނީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރި ފައިސާ ބޭނުންކޮށްގެންނެވެ.

ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިތުރުވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެޅި ދެކޮޅުނުޖެހޭ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އޭރުގެ ސަރުކާރުން އިންޑިއާއިން ބޮޑެތި ލޯނުތަކެއް ނަގާފައިވާއިރު، ދައުރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 120 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި