Saturday, 24 October 2026
Ads by

ބިދޭސީ މީހާގެ މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރަށް ކުރަނީ ގަސްދަކާނުލައި މީހަކު މެރުމުގެ ތުހުމަތު

ބިދޭސީ މީހާގެ މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރަށް ކުރަނީ ގަސްދަކާނުލައި މީހަކު މެރުމުގެ ތުހުމަތު

ތިލަފުށީގައި ހިނގި ހާދިސާއާ ގުޅިގެން ނިޔާވި ބިދޭސީ މީހާ---

ކ. ތިލަފުށީ ވެމްކޯ ވޯކް ސައިޓެއްގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ސްރީލަންކާގެ މީހާއަށް ކްރިމިނަލް ކޯޓުން، ގަސްދަކާނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުކޮށްފިއެވެ.

Ad Image
Ads by

ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަމީން މިއާ ނިޔާވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކެވެ. އަމީން މިއާ ނިޔާވެފައި އޮއްވާ ފެނުނީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކެގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރަނީ ގަސްދަކާނުލައި މީހަކު މެރުމުގެ ތުހުމަތެވެ. އެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކެއް ހުރިކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަމީން މިއާ ނިޔާވެފައިވަނީ ގައިގައި އެކްސްކެވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އެހެން ދިމާލަކަށް ބަދަލުކުރެވި ކުނިތައް ގައިމައްޗަށް އެޅިގެން ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަަށެވެ. ފުލުހުން އެހެން ބުނެފައިވީ ނަމަވެސް އެއީ އެކްސްކަވޭޓަރު ދުއްވަން ހުރި ސްރީލަންކާ ޑްރައިވަރަށް އެނގިގެން ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި