Ads by
ޚަބަރު
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ‘އަހާ’ ފޯރަމް މިރޭ
ރައީސް މުޢިއްޒު ކޮލަމާފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، ‘އަހާ’ ސިލްސިލާގެ ފޯރަމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

Ads by Eki Online

‘އަހާ’ ފޯރަމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާއެކެވެ. ރައީސް އޮފީހުން ބުނީ މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި މިދިޔަ ޖެނުއަރީ މަހު ވަނީ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުޞަތުދީ، ސުވާލުތަކަށް ވަޒީރުން ވަގުތުން ޖަވާބުދެއްވާފައިވާ ކަމަށެވެ.

މިރޭ އޮންނަ މި ސިލްސިލާގެ ދެވަނަ ފޯރަމްގައި ރައީސްއަށް ސުވާލު ދެންނެވުމުގެ ފުރުޞަތު ޕީއެސްއެމުން ވަނީ ހުޅުވާލާފައެވެ. ރައީސް އޮފީހުން ބުނެފައި ވަނީ ކުރިން ސުވާލު ފޮނުވުމުގެ އިތުރަށް ފޯރަމްގައި ބައިވެރިވެ ސީދާ ސުވާލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުޞަތު ދެމުން ގެންދާނެ ކަމަށެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:45 ގައި ސަލްޓަންޕާކުގައެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމާ އެކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސް މުޢިއްޒު ވަނީ މީގެ ކުރިން އިޢުލާން ކުރައްވާފައެވެ. ހަމަ އެހެންމެ ކޮންމެ ތިން މަހަކުން އެއްފަހަރު ސީދާ ރައީސްވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަންވެސް އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.

މިއީ، ރައްޔިތުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ވަގުތުން ޖަވާބުދެއްވުމަށް ސިލްސިލާ ޕަބްލިކް ފޯރަމްތަކެއް ރާއްޖޭގައި މިގޮތަށް ބާއްވަމުން ގެންދާ ފުރަތަމަ ސަރުކާރު ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ އޮފީހުން ބުނި ގޮތުގައި މި ސިލްސިލާގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ފޯރަމަށްވެސް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމުގައެވެ.

‘އަހާ’ ސިލްސިލާގެ ފޯރަމްތައް ބޭއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *