Wednesday, 9 September 2026
Ads by

ޕާކިސްތާނުން އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކޮށްފި

ޕާކިސްތާނުން އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކޮށްފި

މި އަހަރުގެ ޓީ- ޓްވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު ނުކުޅެ، މެޗް ބޮއިކޮޓްކުރަން ނިންމާ އެކަން ޕާކިސްތާން ސަރުކާރުން އިއުލާނު ކޮށްފި އެވެ.

Ad Image
Ads by

ޕާކިސްތާން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ނެރުނު ބަޔާނުގައިވަނީ އިންޑިއާ އާއި ސްރީލަންކާގައި އަންނަ ހޮނިހިރު ދުވަހު ފަށާ މުބާރާތުގައި އެގައުމު ބައިވެރިވާނެ ކަމަށެވެ. ނަމަވެސް މި މަހުގެ 15 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ޕާކިސްތާން ޓީމު ދަނޑަށް ނުނުކުންނާނެ ކަމަށެވެ. މިގޮތަށް ނިންމި ސަބަބެއް ޕާކިސްތާނުން ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގެ ނިންމުން މިއައީ ފެބްރުއަރީ ހަތަކުން މާޗު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަކަށް ބާއްވާ މުބާރާތުގައި ކަންކުރާނެ ގޮތަކާމެދު އެ ގައުމުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ވަނީ މިދިޔަ ހަފުތާގައި ބޮޑު ވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފާ ވެސް ބައްދަލުކޮށްފައިވަނިކޮށެވެ. އޭގެ ފަހުން މިކަމާމެދު ޕާކިސްތާނު ސަރުކާރުގެ އެންމެ އިސްވެރިންގެ މެދުގައި މިއަދު ވަނީ ސީރިއަސް މަޝްވަރާތަކެއް ކޮށްފަ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނަނީ މިއީ ބަލޯކިސްތާނަށް ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއާ އިންޑިއާ އާއި ގުޅުވައި ޕާކިސްތާނުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއީ އިންޑިއާގައި މުބާރާތް ނުކުޅެން ވެގެން މުބާރާތުން ވަކިވި ބަނގްލަދޭޝް އަށް ތާއީދު ކުރުމުގެ ގޮތުން ޕާކިސްތާނުން ކުރި ކަމެއް ކަމަށްވެސް ތުހުމަތު ކުރެއެވެ.

ޕާކިސްތާނުން ކުރިން ވިސްނަމުން ދިޔައީ މުބާރާތުގައި ބައިވެރި ނުވުމަށެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އިންޑިޔާ ބޭނުންހާ ގޮތަށް ކަންތައްތައް ކުރަމުންދާތީ ކަމަށެވެ.

ޕާކިސްތާނުގެ މި ނިންމުމާއެކު އެ ގައުމަށް ގްރޫޕް ސްޓޭޖުގެ ދެ ޕޮއިންޓް ގެއްލޭނެ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ނެމީބިއާ އާއި ނެދަލޭންޑްސް އާއި އެމެރިކާ އެވެ. މި ޓީމުތަކަށް ބަލާއިރު އިންޑިޔާ މެޗު ދޫކޮށްލާފައި ވެސް ޕާކިސްތާނަށް ދެ ވަނަ ބުރަށް ދިއުމަށް ހުރަސްއެޅޭ ވަރުގެ ގަދަ ޓީމެއް ނެތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި