Ads by
ޚަބަރު
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 7 ގައި ބާއްވަނީ
އުރީދޫން މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްއިން މި އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތެއް ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައި ބޭއްވުމަށް ނިންމައިފިއެވެ.

Ads by Eki Online

އުރީދޫން ބުނެފައި ވަނީ މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަން ކަމަށްވާ، ހުޅުމާލެ ސެންޓްރަލް ޕާކަށް ހާޒިރުވެގެން ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ. ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ 200 ހިއްސާދާރުންނަށް ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި އޮންލައިންކޮށް ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް “ފަހިވޯޓު” މެދުވެރިކޮށް ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމުގައެވެ.

އުރީދޫން ބުނީ މި އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެމްއެސްޑީ އޮންލައިން ސިސްޓަމް “އިންފިނިޓީ” މެދުވެރިކޮށް ނުވަތަ ފޯމް ހުށަހަޅައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނެފައި ވަނީ ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް investor.relations@ooredoo.mv އަށް މެއިލްކޮށްގެން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރަށް ގޮސްގެން ފޯމް ހުށަހެޅޭނެ ކަމަށެވެ.

ސެންޓްރަލް ޕާކަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު އެތަނަށް ހާޒިރުވެ ރަޖިސްޓަރ ކުރަން ޖެހެއެވެ. އުރީދޫން އެދެނީ ރެޖިސްޓަރ ކުރަން ހާޒިރުވާއިރު ދިވެއްސެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވުމަށެވެ.

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މަޢުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރުމަށް ވެސް އުރީދޫން ވަނީ އެދިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *