Saturday, 17 October 2026
Ads by

އެމްއޭސީއެލުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއޭސީއެލުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއޭސީއެލްގެ މުވައްޒަފުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުން--- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Ad Image
Ads by

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެންނެވެ. މީގެ މަޤުޞަދަކީ ލޭ ލިބުން ދަތިވެ, އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލްގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، ރިޝްފާ ވިދާޅުވީ، އެމްއޭސީއެލްގެ ބްލަޑް ޑޮނޭޝަން ކޭމްޕްގައި ބައިވެރިވުމަށް އެދި ސްޓޭކް ހޯލަޑަރުންނަށް ދަޢުވަތު އަރުވާފައިވާނެ ކަމަށެވެ.

”ވަރަށް ގިނަ ބޭފުޅުން ހަމަ ޕޮޒިޓިވް ރެސްޕޯންސެސް ދެއްވާ ހަމަ އެ ބޭފުޅުންގެ މުވައްޒަފުން އަޅުގަނޑުމެންގެ މި ބްލަޑް ޑޮނޭޝަން ކޭމްޕްގައި ބައިވެރިކުރެއްވިކަން ހަމަ ފާހަގަކޮށްލަންޖެހޭ، އަޅުގަނޑުމެންގެ އިލްތިމާސްއަކީ ކޮންމެ ފަރުދަކީވެސް ގަވާއިދުން ބްލަޑް ޑޮނޭޓް ކުރައްވާ ބޭފުޅަކަށް ވަމާ ހިނގާށޭ،“ — ރިޝްފާ ވިދާޅުވިއެވެ.

މި ދުވަސްވަރު ލޭ ލިބުން ދަތިވެފައިވާތީ ވީހާ ވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން އެދިފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެމްބީއެސް އިން ބުނީ، ލޭ ހޯދުމަށް އެދިފައިވަނީ ޑޯނަރުން ނުލިބިގެން ކުދިން އުޅޭތީ ކަމަށާއި، ހުރިހާ ވައްތަރެއްގެ ލޭ ވެސް ބޭނުންވާ ކަމަށެވެ.

އެމްބީއެސްއިން ބޭނުންވާ ލޭގެ ވައްތަރުތައް:

  • އޭ ޕޮޒިޓިވް
  • އޯ ޕޮޒިޓިވް
  • އޯ ނެގެޓިވް
  • ބީ ޕޮޒިޓިވް
  • ބީ ނެގެޓިވް
  • އޭބީ ޕޮޒިޓިވް

ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން ރޭގަނޑު 20:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ އެވެ. ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާއަށް އެ ވަގުތުތަކުގައި ދިއުމުން ލޭ ހަދިޔާ ކުރެވޭނެ އެވެ. ނަމަވެސް ލޭ ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރު ވެފައިވާ މީހުންގެ ތެރެއިން 45 ކިލޯއަށް ވުރެ ބަރު މީހުންނަށެވެ.

ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމަށާއި އަދި ލޭ ހަދިޔާކުރަން ދިއުމުގެ އެއްގަޑިއިރު ކުރިން ކެއުމަށް ބްލަޑް ސާވިސްއިން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި