Ads by
ޚަބަރު
ރޯދައިގެ ފަހު 10 ގައި ވެސް ބީއެމްއެލް ހުޅުވާނެ
ބީއެމްއެލް: ރޯދައިގެ ފަހު 10 ގައި ވެސް އެ ބޭންކު ހުޅުވާނެ ކަމަށް ވަނީ ބުނެފައި - ފޮޓޯ:ބީއެމްއެލް

ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރި ނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދު ނުކުރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

Ads by Eki Online

ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވީނަމަވެސް، ބީއެމްއެލުން މިއަދު ބުނީ އެ ދުވަސްތަކުގައި ވެސް އެ ބޭންކުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލުން ބުނި ގޮތުގައި ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމުގައެވެ.

ރޯދަ މަހުގެ ފަހު 10 ގައި ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބޭންކު ހުޅުވައި ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނެފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާ އަދި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައްވެސް މި ރޯދަ މަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނި ގޮތުގައި ކަސްޓަމަރުންނަށް އެ ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖަރ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެންނާއި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބަރ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ޚިދުމަތް ހޯދޭނެ ކަމުގައެވެ.

އެ ބޭންކުގެ ކަސްޓަމަރުންގެ ކިބައިން އެދިފައި ވަނީ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ޚިދުމަތްތައް ހޯދުމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *