Saturday, 24 October 2026
Ads by

ކައުންސިލް އިންތިޚާބުގައި ރައީސް މުޢިއްޒު ބޮޑުކޮށް ބަލިކުރަން ބޭނުން: މީކާއީލް

ކައުންސިލް އިންތިޚާބުގައި ރައީސް މުޢިއްޒު ބޮޑުކޮށް ބަލިކުރަން ބޭނުން: މީކާއީލް

ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް

ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުކޮށް ބަލިކުރަން ވަރަށް ބޭނުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

މީކާއީލް މިފަދައިން ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ އެޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކުރިއަށްއޮތް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީން އެކަތިގަނޑަކަށްވެ، އެންމެން އެކުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ނެރެން ބޭނުންވާ ނަތީޖާއަކީ ރައީސް މުޢިއްޒު ބޮޑުކޮށް ބަލިކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

“ އަޅުގަނޑުމެން އެމްޑީޕީ އެކުއެކީގައި ނުކުމެ އިންތިޚާބުކާމިޔާބު ކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ، އަޅުގަނޑު އެދެނީ ރައީސް މުޢިއްޒު ބޮޑުކޮށް ބަލިކުރަން“ މީކާއިލް ވިދާޅުވިއެވެ.

މީކާއިލްގެ ވާހަކައިގައިވަނީ ރާއްޖޭގެ ރައީސް އިލެކްޝަން ކޮމިޝަންގެ ރައީސްއާއި އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ސަރުކާރަށާއި، ރައީސް މުޢިއްޒުގެ މުހިންމު ނިންމެވުންތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބަށް ދާއިރު މި އިންތިޚާބު މުހިންމު ވަނީ މިއީ ދިވެހިންގެ ޑިމޮކްރަޓިކް ޕާޓީގެ އެތަށް މެންބަރުންނެއްގެ އެތައް އަހަރަކު ކުރެއްވި ބުރަ މަސައްކަތުން އުފަންކުރި ޖަވާބުދާރީ ކުރުވަނިވި ދަޢުލަތެއްގެ މި ފުރިހަމަ ނިޒާމް ދެމެހެއްޓުމަށް ލިބޭނޭ އެންމެ ފަހުގެ ފުރުސަތަށް މިއިންތިޚާބުވާތީ ކަމަށް މީކާއިލް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި