Wednesday, 9 September 2026
Ads by

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ފަށައިފި

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ފަށައިފި

”ބިންވެރިޔާ“ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް އެ ފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ޕްލޮޓްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިއަދު ފަށައިފިއެވެ.

Ad Image
Ads by

މި ބަދަލާއެކު ކުރިން ކަނޑައަޅާފައިވާ ގޯތިތަކުގެ ސަރަޙައްދުތަކަށް ބަދަލު އައިސްފައިވާތީ، ކޮންމެ ގޯއްޗަކަށް ވެސް މިހާރު ވަނީ އާ ލޮޓް ނަންބަރުތަކެއް ކަނޑައަޅާފައެވެ. މިއަދު ކުރިއަށްދާ ގުރުއަތުލުމަކީ މި ބަދަލާ ގުޅިގެން ގޯތި ލިބިފައިވާ ފަރާތްތަކަށް އާ ޕްލޮޓްތައް ޙަވާލުކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ.

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު:

1250 އަކަފޫޓުގެ 2605 ގޯތި
1650 އަކަފޫޓުގެ 1213 ގޯތި
2050 އަކަފޫޓުގެ 253 ގޯތި
2450 އަކަފޫޓުގެ 1 ގޯތި

ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މުވައްޒަފުންނެވެ. ގުރުއަތުލާ ހޯލަށް ކޮންމެ ޕްލޮޓަކުން އެކަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ގުރުއަތުން ލިބޭ ޕްލޮޓް ނަންބަރު އެ ފަރާތަކަށް ވަގުތުން އެސްއެމްއެސް މެދުވެރިކޮށް ލިބިގެންދާނެއެވެ. މިއީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އާ ޕްލޭނެއް އެކުލަވާލުމާ ގުޅިގެން ނަގާ ގުރުއަތުލުމެކެވެ. އާ ލޭންޑް ޔޫސް ގޯތިތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި ބިން ލިބޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު ފަހުގެ ތާރީހެއްގައި މިނިސްޓްރީން ހާމަކުރާނެއެވެ. އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމާއެކު، ގޯތި ލިބިފައިވާ ފަރާތްތަކާ ބިން ޙަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ދިން ގޯތިތައް ހިއްކަން ފެށިފައިވާއިރު، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ގިރާވަރުފަޅުގެ ބޮޑު ބައެއް ހިއްކާ ނުނިމެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރައްޔިތުންނަށް ލިބިފައިވާ ގޯތިތައް ވީހާވެސް އަވަހަށް ހަވާލުކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގިރާވަރުފަޅުން 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ އިރު، މިހާރު ވެސް ނުހިއްކާ 97.15 ހެކްޓަރު އެބައޮތެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އިއްޔެ ފެށިއިރު، އެ މަސައްކަތް ކުރަނީ 22،000 ސީބީއެމްގެ ”އޮރެންޖު“ ނަމަކަށް ކިޔާ ޑްރެޖަރަކުންނެވެ.ޕްލޭންގައި ވާ ގޮތުން މިހާރު ދޫކުރުމަށް ނިންމާފައިވަނީ ޖުމްލަ 4،072 ގޯއްޗެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު