Ads by
ޚަބަރު
ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު، ކުރީގެ ރައީސް ޞާލިހަށް މެމްބަރޝިޕް ފޯމު ހަވާލުކުރައްވަނީ - ފޮޓޯ:އެމްޑީޕީ

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިދިކޮޅު މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފިއެވެ.

Ads by Eki Online

ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ހާޒިރުގައި އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ. ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސް ޞާލިހެވެ.

އާ ޤާނޫނުއަސާސީގެ ދަށުން ވެރިކަމުގެ ދައުރެއްގައި ނައިބު ރައީސްކަމުގެ މަޤާމުގައި މިހާތަނަށް ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސްއަކީ ފައިސަލެވެ.

ފައިސަލް ވަނީ މީގެކުރިންވެސް އެމްޑީޕީ އާ ގުޅިވަޑައިގެންފައެވެ. އޭނާ އެ ޕާޓީ އާ ގުޅިވަޑައިގެންފައި ވަނީ މިހާރު ޢަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ 2005 ވަނަ އަހަރުއެވެ. އެފަހުން 2008 ވަނަ އަހަރު ފައިސަލް ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފައެވެ.

ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރަކަށް އޭނާ ހޮވިވަޑައިގެންނެވިއެވެ. މެންބަރުކަމުގެ ދައުރުގެ ފަހުކޮޅު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޞޯލިހު ނެރުއްވިއިރު އެމަނިކުފާނުގެ ރަނިންމޭޓަކަށް ވުމަށް އެ ޕާޓީގެ ކައުންސިލުން ނެގި ވޯޓު ފައިސަލް ވަނީ ކާމިޔާބު ކުރައްވާފައެވެ.

ޖޭޕީން ފައިސަލް ވަކިވެޑައިގެންފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *