20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ހޮވަން ހާއްސަ އޯޕަން ސެޝަނެއް ބާއްވަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
ރާއްޖޭގައި ބާއްވާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވާ ޤައުމީ ޓީމަށް ކުޅުންތެރިން ހޮވަން ބާއްވާ މި އޯޕަން ސެޝަން އޮންނާނީ މިއަދު ގަލޮޅު ރަސްމީ ދަނޑުގައެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މި ހާއްސަ ސެޝަނުގައި 2007 އާއި 2008 އަދި 2009ގައި އުފަންވެފައިވާ ހުރިހާ ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމަށެވެ.
ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައި ނޭޕާލާއި ބޫޓާނާއި ސްރީލަންކާއެކުއެވެ.
މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އިންޑިޔާ އާއި ބަނގްލަދޭޝް އާދި ޕާކިސްތާނެވެ.
މާލޭގައި ބާއްވާ މި މުބާރާތް ކުރިއަށްދާނީ މާޗު މަހުގެ 23 އިން އޭޕްރީލް މަހުގެ ހަތަރަކަށެވެ.









