Saturday, 24 October 2026
Ads by

އދ. އޮތީ މާލީ ގޮތުން އިނދަޖެހުމުގެ މަގުމަތީގައި: އެންޓޯނިއޯ ގުޓަރޭޒް

އދ. އޮތީ މާލީ ގޮތުން އިނދަޖެހުމުގެ މަގުމަތީގައި: އެންޓޯނިއޯ ގުޓަރޭޒް

ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން، އަންނަ ޖުލައި މަހުގެ ނިޔަލަށް އެ ޖަމްއިއްޔާގެ މުހިންމު އޮޕަރޭޝަންތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ދެއްވައިފިއެވެ.

Ad Image
Ads by

ބައިނަލްއަޤުވާމީ މުޖުތަމައަށް ގުޓަރޭޒް ދެއްވި މި އިންޒާރުގައި ވިދާޅުވީ އދ. އޮތީ މާލީ ގޮތުން މުޅިން އިނދަޖެހުމުގެ މަގުމަތީގައި ކަމަށެވެ.

އދ. ގެ 193 މެންބަރު ޤައުމަށް ފޮނުއްވި ސިޓީއެއްގައި ގުޓަރޭޒް ސިފަކުރެއްވި ގޮތުގައި މިއީ މީގެ ކުރިން ފެނިފައިވާ މާލީ ދަތިތަކާ މުޅިން ތަފާތު، ނުރައްކާތެރި ހާލަތެކެވެ. މި ހާލަތު މެދުވެރިވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އދ. އަށް އެންމެ ގިނައިން ފައިސާ ދޭ އެމެރިކާއިން، އާންމު ބަޖެޓަށާއި ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމެވެ.

މި މާލީ ދަތިކަމުގެ އަސަރު ޖެނީވާގައި ހުންނަ އދ. ގެ މައި މަރުކަޒުން މިހާރުވެސް ދަނީ ފެންނަމުންނެވެ. އެގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުން އިމާރާތުގެ ހީޓިންގް ދަށްކޮށް، އެސްކަލޭޓަރުތައް ވަނީ ނިއްވާލާފައެވެ. ނަމަވެސް، ގުޓަރޭޒް ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ އދ. ގެ މާލީ ގަވާއިދުތައް ހުރި ގޮތުން ކުރިމަތިވާ މައްސަލަތަކެވެ. އދ. އަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭއިރު، ބަޖެޓުން ބާކީވާ ފައިސާ އަނބުރާ ގައުމުތަކަށް ދޭންޖެހޭ އުސޫލުގެ ދަށުން، ނުލިބޭ ފައިސާވެސް އަނބުރާ ދައްކަން ޖެހުމަކީ ބޮޑު ތަކުލީފެކެވެ.

”މި މަހު އެކަނިވެސް އަޅުގަނޑުމެންނަށް މަޖުބޫރުވީ 227 މިލިއަން ޑޮލަރު އަނބުރާ ދޭން. މިއީ އަޅުގަނޑުމެންނަށް ލިބިފައިވާ ފައިސާއެއް ނޫން. ނުލިބޭ ފައިސާއެއް އަނބުރާ ނުދެއްކޭނެ“ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވިއެވެ.

މި ހީނަރުކަން އައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އދ. އަށް ދޭ ފަންޑިންގް ކުޑަކުރުމަށް ނިންމެވި ނިންމެވުންތަކާ ގުޅިގެންނެވެ. މިއަހަރުގެ ޖެނުއަރީ މަހު އެމެރިކާއިން ވަނީ އދ. ގެ 31 އެޖެންސީއަކުން ވަކިވެފައެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި އެއީ އެމެރިކާގެ މަސްލަހަތަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ އެޖެންޑާތަކަށް އިސްކަންދޭ، ޓެކްސް ދައްކާ މީހުންގެ ފައިސާ އިސްރާފުކުރާ ތަންތަނެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތާއި ޖަރުމަނު ފަދަ ބޮޑެތި ގައުމުތަކުންވެސް ވަނީ އެހީގެ މިންވަރު މަދުކޮށްފައެވެ. 2025 ވަނަ އަހަރު ނިމުނުއިރު، ގައުމުތަކުން އދ. އަށް ނުދައްކާ ހުރި ފައިސާގެ މިންވަރު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ. ގުޓަރޭޒްގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވީ، މެންބަރު ގައުމުތަކުން އެ ގައުމުތަކުގެ މާލީ ޒިންމާ އަދާކުރަންޖެހޭ ކަމަށާއި، ނޫންނަމަ އދ. ގެ މާލީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނީ މި ޖަމްއިއްޔާ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި