Sunday, 25 October 2026
Ads by

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި ހަބަކަށް ހަދާނަން: މިނިސްޓަރު އަމީން

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި ހަބަކަށް ހަދާނަން: މިނިސްޓަރު އަމީން

ފުވައްމުލައް ސިޓީގައި ބޭއްވި "ސަދަން ކަނެކްޓިވިޓީ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަމީން..

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ބައިނަލްއަޤުވާމީ އެއާލައިންތައް ސީދާ ދަތުރުކުރާ ރާއްޖޭގެ ދެކުނުގެ ވައިގެ މައި ހަބު ނުވަތަ ”ސަދަން ހަބް“ ކަމުގައި މި ސަރުކާރުން ހަދާނެ ކަމަށް މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ބޭއްވި ”ސަދަން ކަނެކްޓިވިޓީ“ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ މީގެ 15 އަހަރު ކުރިއަށް ބެލިކަމުގައި ވިޔަސް، ދުނިޔޭގެ ކޮމާޝަލް އެއާލައިންތަކުގައި ބޭނުންކުރާ ހުރިހާ ސައިޒެއްގެ މަތިންދާބޯޓު އޮޕަރޭޓް ކުރެވޭނެ ގާބިލުކަން ހުރި އެއާޕޯޓެކެވެ.

ނަމަވެސް، އެފަދަ މާހައުލެއް މިހާތަނަށް ގާއިމުވެފައި ނެތީ އެކަށީގެންވާ މިންވަރަށް އެއާލައިންތައް އޮޕަރޭޓް ކުރުމަށް ގަދައަޅައި ކުރަންޖެހޭ މަސައްކަތްތައް ކުރެވިފައި ނެތުމުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން އެންމެ އެދެވޭ ގޮތެއްގައި ހަމަޖެހިފައި ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ، މިއީ ރައީސްގެ ސިޔާސަތާއި އެއްގޮތަށް، މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް އިޤްތިޞާދީ އާދިރުމެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، 1 ފެބްރުއަރީ 2026 ގައި މި ފެށޭ ޚިދުމަތާއެކު، އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅުގެ ޓޫރިޒަމާއި އާންމު ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އަމީން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، އަލަށް އިފްތިތާހު ކުރެވުނު އެއާ ކަނެކްޓިވިޓީގެ ވަސީލަތްތަކާއެކު ފުވައްމުލައް، ހުވަދު އަތޮޅު އަދި އައްޑޫ އަތޮޅު ހިމެނޭހެން މުޅި ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާނެ ކަމަށެވެ. އަދި ގަން އެއާޕޯޓަށް ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި މެދުއިރުމަތީގެ އެއާލައިނަކާއި ޗައިނާގެ އެއާލައިނެއް ގެނައުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާކަން އޭނާ ހާމަކުރެއްވިއެވެ.

”ބޮޑެތި ކޮންސެޝަންތަކެއް ދީގެން ނަމަވެސް އެއާލައިންތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަން އެބަޖެހޭ،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީންގެ ވާހަކަފުޅު ނިންމަވާލެއްވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރުގެ ހާލަތު ބަދަލުކޮށް، އެތަނަކީ އެއާލައިންތައް އަންނަ ރާއްޖޭގެ ވައިގެ ”ސަދަން ހަބް“ ކަމުގައި މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mauraz raees hulhuvun
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި
download - 2026-10-25T210632
ކީމޯތެރަޕީގެ ވޭނާ ނުލައި ކެންސަރު ސެލްތައް ނައްތާލެވޭނެ އައު ފަރުވާއެއް ޖަޕާނުން ހޯދައިފި
IMG_9451
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް
20261024_235904
ޔަމަނުގެ ޢަދަންގެ އަސްކަރީ މަރުކަޒުތަކަށާއި އެއަރޕޯޓަށް ޙޫޘީން ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި