Saturday, 24 October 2026
Ads by

ކުދި މަތިންދާބޯޓު ޖެއްސޭ ގޮތަށް، ވައިގެ މަގުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލައިފި

ކުދި މަތިންދާބޯޓު ޖެއްސޭ ގޮތަށް، ވައިގެ މަގުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލައިފި

ކުދި މަތިންދާބޯޓު ޖެއްސޭ ގޮތް ހަދައި، ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައިފިއެވެ.

Ad Image
Ads by

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި، ފުވައްމުލަކާއި، ގއ.އަތޮޅު އަދި ގދ. އަތޮޅު ވައިގެ މަގުން ގުޅާލާ ރަސްމީކޮށް ދަތުރުތައް ފަށާނީ އަންނަ އާދިއްތަ ދުވަހުއެވެ.

މިކަމަށްޓަކައި އައްޑޫ ސިޓީ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްުތުގައި މިޚިދުމަތް ފައްޓަވާ ދެއްވީ ޓްރަންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހްސާންވެސް ބައިވެރިވެޑައިގަތެވެ.

މި ރަސްމިއްޔާތުގައި މި ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަންއާ ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އަމީނެވެ. މޯލްޑިވިއަންގެ ފަރާތުން އެ ހުއްދައާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

ދެކުނުގެ ހަތަރު އަތޮޅުތަކަށް ދަތުރުކުރާ އަގުތަކަކީ:

ގަން – ފުވައްމުލަކު: ކޮޅަކަށް 500 ރުފިޔާ
ގަން – ކާޑެއްދޫ: ކޮޅަކަށް 900 ރުފިޔާ
ގަން – ކޫއްޑޫ: ކޮޅަކަށް 900 ރުފިޔާ
ފުވައްމުލަކު – ކާޑެއްދޫ: ކޮޅަކަށް 650 ރުފިޔާ
ފުވައްމުލަކު – ކޫއްޑޫ: ކޮޅަކަށް 650 ރުފިޔާ

މޯލްޑިވިއަންއިން ވަނީ މިހާރު އެ ދަތުރުތަކުގެ ބުކިންއަށް ހުޅުވާލާފައެވެ.

މި ޚިދުމަތަށް ބޭނުންކުރާނީ ޑީއެޗްސީ-6-300 ޓްވިން އޮޓާ ބޯޓެވެ. މި ބޯޓުތަކުގައި ގާތްގަނޑަކަށް 15 ވަރަކަށް މީހުންނަށް ދަތުރުކުރެވޭނެއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ކުދި ބޯޓުތައް، އެއްގަމު ރަންވޭތަކަށް ޖެއްސޭހެން ހެދުމަށް ފަހެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި