Ads by
ޚަބަރު
އުރީދޫ އީކޮމާރސް ޕްލެޓްފޯރމް މޫލީން ރޯދަ ސޭލް ފަށައިފި
އުރީދޫ މޫލީ ރޯދަ ސޭލް ޕޯސްޓަރެއް - ފޮޓޯ:އުރީދޫ

ރޯދަ މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށް ވުމުން ޢާއިލާ އާއި ރައްޓެހިންނާ އެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދައެކެވެ. ހަމަ އެ އާއެކު، ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާ ކުރުމަކީ ވެސް ރޯދަ މަހަށް ތައްޔާރުވުމުގެ ބޮޑު ބައެކެވެ.

Ads by Eki Online

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާ ތަކެތި ފަސޭހަކަމާ އެކު އޮންލައިންކޮށް، މަގުބޫލު އީކޮމާރސް ޕްލެޓްފޯރމް މޫލީ ރޯދަ ސޭލުން ވަނީ ފަށާފައެވެ. މި ސޭލް ރޯދަ މަސް ނިމެންދެން ކުރިއަށްދާއިރު، ގަންނަ ކޮންމެ އައިޓަމެއް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރކޮށްދޭނެއެވެ.

ރޯދަ މަހަށް ބޭނުންވާ ތަކެތި ހިމެނޭ ސޭލް ސެކްޝަނުގައި ފަރުނީޗަރ، މަރޮށި ދިޔާހަކުރު، އެޑިޔުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓަރސް އަދި ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް ވަނީ ހިމަނާފައެވެ. އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރު ހިފޭ މަރޗަންޓުން ޕްލެޓްފޯމުގައި ފީޗަރ ކުރާ ޕްރޮޑަކްޓްތަކެކެވެ. މޫލީ ޓީމުން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ގިނަ މަރޗަންޓުންނާ އެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެ ކަމަށެވެ.

އިތުރު މަޢުލޫމާތު: https://mool.ee/roadhasale

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *