Ads by
ރިޕޯޓް
ރައީސް ނަޝީދު އެމްޑީޕީން ވަކިވުން, ސިޔާސީ މަޝްރަޙަށް އައި އިންގިލާބީ ބޮޑު ބަދަލެއް!

ވެރިކަން ކުރާ މައި ޕާޓީގެ ރައީސްކަމުގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމަކީ އެ ޕާޓީއަށް އައި އިންގިލާބީ ބޮޑު ބަދަލެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

Ads by Eki Online

ސަބަބަކީ ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅޭއް ކަމަށް ވާތީއެވެެ. އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕަސަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ވަރުގަދަ އިސްލާހީ ހަރަކާތުގެ އެއް ބާނީ އަދި އެންމެ ހިތްވަރުގަދަ އެކްޓިވިސްޓަކީ ވެސް ރައީސް ނަޝީދެވެ. ހަމަ ޔަގީނުންވެސް އެމަނިކުފާނަކީ ގިނަ ބައެއް ލޯތްބާއި އިހްތިރާމް ލިބިފައިވާ ފަހުލަވާނެކެވެ.

ނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ ޑިމޮކްރަސީގެ ދަތުރަށް ވިއްސަކަށް އަހަރު ވެގެން ދިޔައިރު މިހާރު އެއީ އެމްޑީޕީގެ “ހިތް” ކަމުގައި ބުނުމުގެ ޖާގަ އެބަ އޮތް ހެއްޔެވެ؟ މިހެން މިދެންނެވީ އެ ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ރައީސް ނަޝީދުގެ މަޤްބޫލްކަން ފަނޑުވެފައިވާކަމަށް ގިނަ މީހުން ބުނަމުންދިޔުމާއި ގުޅިގެންނެވެ.

އަހަރުތަކެއް ފަހަތަށް ޖެހިލަމާ ހިނގާށެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާ ހަވާލުވީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ ލީޑަރު ރައީސް މައުމޫންއާ ވާދަކޮށްގެންނެވެ. އެ އިންތިހާބުގެ ފުރަތަމަަ ބުރުން ރައީސް ނަޝީދު ކުރިނުހޯއްދެވިއެއް ކަމަކު ދެވަނަ ބުރުން ރައީސް މައުމުނަށްވުރެ މަތިން ވޮޓު ހޯދައި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުނެވެ.

އެހެންނަމަވެސް ކަން ދިމާކުރީ މުޅީން އެހެން ގޮތަކަށެވެ. ތަފާތު އެކި ގޮންޖެހުންތަކާއި ހަލަބޮލިކަމުގެ ތެރޭގައި ހިފަހައްޓައިނުލެވި ދައުރުގެ މެދުތެރެއިން ދިމާވި އެކި ހާލަތްތަކަކާއެކު ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވީއެވެ. ވެރިކަމުން ވަޑައިގަތުމާއި އިސްތިއުފާ ދެއްވުމާ ދެމެދުގައި އެމަނިކުފާނުގެ މަގުބޫލުކަން ދިވެހިންގެ މެދުގައި އަދި ޕާޓީގެ މެންބަރުންގެ މެދުގައި ވެސް ވަރަށް ބޮޑަށް ކުޑަވެގެން ދިޔައެވެ ސަބަބަކަށް ވީ ސަބަބަކަށްވީ ދިވެހިންގެ ވިސްނުމާއި ފިކުރު ދެނެގަތުމުގައި ރައީސް ނަޝީދަށް ގޯސްތަކެއް ހެއްދެވިފައި ވުމެވެ.

އޭގެ ފަހުންވެސް އެމަނިކުފާނު ހުންނެވީ ދޫދޭ ގޮތަކަށް ނޫނެވެ. 2013 ވަނަަ އަހަރުވެސް އިންތިހާބަށް ކުރިމަތިލެއްވިއެވެ. އެ އިންތިހާބު ލިބިވަޑައިނުގަތް ސަބަބެއްގެ ގޮތުގައި ކުރިން ބަޔަތު ހިތްޕެވި ބޭފުޅުން ތާއީދު އަނބުރާ ގެންދިޔުން ހިމެނެއެވެ.

އޭގެ ފަހުން ދެން ފެނިވަޑައިގަތީ މުޅީން އެހެން މަންޒަރެކެވެ. 2018 ވަނަ އަހަރު އެމްޑީޕީން ނިކުމެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ އިންތިހާބު ކާމިޔާބު ކުރެއްވި މަންޒަރެވެ. މިހާހިސާބުން ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ޒަމާންވީ އެކުވެރިކަމުގެ ވާހަކަ ދައްކާލަމާ ހިންގާށެވެ. އަބަދުވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެ ދެ ބޭފުޅުންނަކީ އެންމެ ކުޑައިރުން ފަށައިގެން ވެސް ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށެވެ

އެކުވެރި ކަމުގައި ރެނދުލައި ދެން ފެނިގެން ދިޔައީ ރައީސް ޞާލިޙާއި ޕާޓީގެ ވެރިކަމާ ދެކޮޅަށް ކުރައްވަން ފެއްޓެވި މަސައްކަތްތަކާ އެކު ޕާޓީގެ އާންމު މެންބަރުންގެ ހިޔާލު ބަދަލުވާން ފެށުމެވެ. އެމްޑީޕީގެ އެތެރޭގައި މިހާތަނަށް އުފެދުނު ހުރިހާ ކޯޅުމެއްގައި ވެސް ޕާޓީއާ ދުރަށް ދާންޖެހިވަޑައިގަތީ ރައީސް ނަޝީދާ ޖަދަލު ކުރެއްވި ބޭފުޅުންނެވެ.

ކަން މިހެން އޮތް އިރު, ރައްޔިތުންގެ މެދުގައި މިހާރު ސުވާލު އުފެދޭ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ސިޔާސީ މަޝްރަަހައް މިއައި ބޮޑު ބަދަލާއެކު ކުރިމަގު އޮތީ ކިހިނެއް ކަމާމެދުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *