Ads by
ޚަބަރު
މަސްވެރިންނަށް މިއަދާއި މާދަމާ 70 މިލިއަން، ބާކީ 30 މިލިއަން ހޯމަ ދުވަހު ދެނީ
ކޫއްޑޫގައި އިހުތިޖާޖު ކުރަމުން އައި މަސްވެރިންނާ ބައްދަލުކޮށް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް މަސް ގަތުމަށްފަހު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ މިއަދާއި މާދަމާ ދޫކޮށް، އިތުރު 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ކުރިން ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

Ads by Eki Online

ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިއަދު ވިދާޅުވެފައި ވަނީ މަސްވެރިންނަށް ނުދެވިހުރި 70 މިލިއަން ރުފިޔާ މިއަދާއި މާދަމާ ދޫކުރާނެ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ ހަފުތާގެ އާދިއްތަ ދުވަހު އިތުރު 30 މިލިއަން ރުފިޔާ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމާ އެކު މަސްވެރިން ކުރަމުން އައި އިހުތިޖާޖާ ގުޅިގެން ސުވާލުކުރުމަށް އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރުމުން މިނިސްޓަރު ވިދާޅުވެފައި ވަނީ މަސްވެރިންނަށް މިހާތަނަށް 280 މިލިއަން ރުފިޔާ ނުދެެވިވާ ކަމަށެވެ. އޭގެ ތެރެއިން 100 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ކުރިން ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިންނަށް ފައިސާ ނުދެވިފައި ވަނީ މިދިޔަ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކޮށް، މަސްވެރިންނަށް ފައިސާ ނުދީ ވުމާ އެކު، ސަރުކާރާ ހަވާލުވިއިރު ބޮޑު ދަރަންޏެއް ވާރުތަވެފައިވުމުގެ ސަބަބުން ކަމުގައެވެ.

މިނިސްޓަރު ވިދާޅުވީ ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ އެކު ވެސް، ރޯދަ މަހުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދައްކާ ނިންމާނެ ކަަމަށެވެ. އެގޮތުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން 100 މިލިއަން ރުފިޔާ ދެއްކޭނެ ގޮތް ހަމަޖައްސަވަމުން އަންނަ ކަމަށާއި ބާކީ އޮންނަ 180 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ދެއްކުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަޱޭ3 މަސް ކުރިން

ދީފިއްޔާ ރަގަނޅު

0
0