Ads by
ދީން
ދުޢާ ކުރަން އެންމެ ރަނގަޅު ވަގުތުތައް

ދުޢާ ކުރުމަކީ އެންމެންނަށް ވެސް ވަރަށް މުހިންމު ކަމެކެވެ. މިއީ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކުން އެއްކިބާވެވޭނެ މަގެކެވެ.

Ads by Eki Online

ދުޢާ ކުރުން އެންމެ ރަނގަޅު ވަގުތުތަކުގެ ތެރޭގައި ދަންވަރު ގަޑި, ސަޖިދައިގައި އޮންނަ ވަގުތު, ބަންގި އާއި ޤަމަތް ދިނުމާއި ދެމެދުގެ ވަގުތު, ފަރްޟު ނަމާދަކަށްފަހު ކުރާ ދުޢާ, ވާރޭ ވެހޭ ވަގުތު, ދަތުރެެއްގެ މަތީގައި ކުރާ ދުޢާ, ރޯދަ ވީއްލާ ވަގުތު ކުރާ ދުޢާ ހިމެނެއެވެ.

މިވަގުތުތަކުގެ އިތުރުން، އެބަޔަކު ކުރާ ދުޢާ ފަސޭޙައިން އިޖާބަ ކުރައްވާނެ ތިން ބަޔަކު ވެއެވެ. އެއީ ކުށެއްނެތި އަނިޔާ ލިބެމުންދާ މީހާ ދަންނަވާ ދުޢާ އާއި ދަރީންގެ މައްޗަށް މައިމީހާ ކުރާ ދުޢާ އާއި ދަތުރުވެރިން ދަތުރުމަތީގައި ތިބެ ކުރާ ދުއާއެވެ.

ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް ﷲގެ ހަޟްރަތުގައި ދެންނެވުމަކީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. ދުޢާ އަކީ، ﷲ އަށް އަޅުކަން ޚާލިސް ކުރުމުގެ ވެސް މައިގަނޑު މަޤްސަދެވެ. މިކަމަށްޓަކައި އެކަލާނގެ ވަހީ ބަސްފުޅެއްގައިވެއެވެ. “قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ” މާނައަކީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ دعاء ކުރުން ނުވާނަމަ، ތިމަންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނާމެދު ފަރުވާލެއް ނުބަހައްޓަވާނެތެވެ.”

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *