Ads by
ޚަބަރު
މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު 2 ބޯޓު ގެންނަނީ
މޯލްޑިވިއަނުން ގެނައި އޭޓީއާރު މަރުކާގެ ބޯޓެއް - ފޮޓޯ:މޯލްޑިވިއަން

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރަން އޭޓީއާރު މަރުކާގެ ދެ ބޯޓު ގެންނަން ނިންމައިފިއެވެ.

Ads by Eki Online

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އިއްޔެ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ ސިންގަޕޯ އެއާޝޯގައި އޭޓީއާރު 42-600 މަރުކާގެ ދެ ބޯޓު ގެނައުމަށް އޯޑަރުދީފައިވާ ކަމަށެވެ.
މި އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ އެ ދެ ބޯޓާ އެކު، އަންނަ އަހަރު އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ އޭޓީއާރު މަރުކާގެ ބޯޓުތަކުގެ އަދަދު ހަތަކަށް އިތުރުވާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން ކުރަމުން އަންނަ ދަތުރުތަކުގައި އޭޓީއާރު މަރުކާގެ ތިން ބޯޓު ބޭނުންކުރަމުން އަންނައިރު މިދިޔަ ސެޕްޓެމްބަރު މަހު އެ އެއާލައިނުން ވަނީ އޭޓީއާރު 72-600 މަރުކާގެ ދެ ބޯޓަށް އޯޑަރުކޮށްފައެވެ.

އައިއޭއެސްއިން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ވަނީ ބޮއިން 787-8 މަރުކާގެ މަތިންދާބޯޓެއް ކުއްޔަށް ނެގުމަށް އިޢުލާނުކޮށްފައެވެ. ހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނަގަން އިޢުލާނުކުރީ 250 ސީޓުގެ ބޯޓެކެވެ. އެ ކުންފުނިން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދުމަށް އިޢުލާނުކުރިއެވެ. އޭރު އިޢުލާނުކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއާބަސް އޭ 330-220 މަރުކާގެ މަތިންދާބޯޓަކަށެވެ.

މީގެކުރިން ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވަނީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ވައިޑް-ބޮޑީ ދެ މަތިންދާބޯޓު ގެނެސް، މޯލްޑިވިއަނުން އާ ހަތް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވެފައެވެ. ވައިޑް-ބޮޑީ ބޯޓުތަކުގައި އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭއިރު، އެ ބޯޓުތަކާ އެކު ދުރު މަންޒިލުތަކަށް ސީދާ ދަތުރުތައް ކުރެވޭނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *