Ads by
ޚަބަރު
ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތް: އެސްޓީއޯ
ފޮޓޯ: ޕީއެސްއެމް

އިންޑިއާއިން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގައި އެސްޓީއޯއިން ބުނެފިއެވެ.

Ads by Eki Online

އެސްޓީއޯ އިން މިހެން ބުނެފައި މިވަނީ އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމަށް، ރާއްޖެ ނުހިނެމެނޭހެން 6 ގައުމަކަށް ކޯޓާ ދޫކޮށްފައިވާކަމަށް އިންޑިއާގެ ލޯކަލް ނޫސްތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން، ރާއްޖެއަށް ފިޔާ ލިބުމުގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާއި ގުޅިގެންނެވެ.

އިންޑިއާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުންވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މިހާތަނަށް ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުރެއެވެ.

އިންޑިއާގެ ލޯކަން ނޫސްތަކުގައ ރިިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުން ކޯޓާ ދޭނެ ގައުމުތައް ނިންމާފައިވަނީ އިންޑިއާގެ ޚާރިޖީ ވުޒާރާގެ ލަފާގެ މަތިންކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަހްރެއިން އަދި މޮރިޝަސްއަށް ފިޔާ އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން މިހާރުވަނީ ވަނީ ފެހި ސިގްނަލް ދީފައެވެ. އަދި މިފިޔަވަޅަކީ މީގެ ކުރިން ފިޔާގެ ވިޔަފާރީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެޅި ފިޔަވަޅެއްކަމަށްވެސް ބުނެފައިވެއެވެ.

އެސްޓީއޯ އިން މިއަދު ބުނެފައިވަނީ އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް އެސްޓީއޯ އިން “ސްޓޭބަލް ސަޕްލައި”އެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށެވެ. ފާއިތުވި 2 މަހު ބާޒާރުގެ އަގުތަކަށް ބަލާއިރު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ދަށަށްދާ ކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެސްޓީއޯ އިން އިތުރަށް ބުނެފައިވެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯ އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *