Ads by
ޚަބަރު
ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ހަވާލުކޮށްފި

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފިއެވެ.

Ads by Eki Online

ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި އެއާޕޯޓުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނުފައިވަނީ މި އެއާޕޯޓު މަޝްރޫއަށް 400-600 މިލިއަން ޑޮލަރު ކޮންޓްރެކްޓަރު އިންވެސްޓު ކުރާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް އެއްވެސް ފައިސާއެއް ހަރަދެއް ނުކުރާނެއެވެ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރަނީ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރުގެ ރަންވޭއަކާ އެކުއެވެ.

ފްލައިން ސްކޫލެއްގެ އިތުރުން ކާގޯ ފެސިލިޓީ އާއި ފިއުލްފާމެއް އަދި އެއާކްރާފްޓުތައް ސާވިސްކުރާނެ އެމްއާރުއޯ ފެސިލިޓީ ވެސް އެ އެއާޕޯޓްގައި ގާއިމްކުރާނެއެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ މަޝްރޫއުތައް ވެސް އެ ކުންފުނިން ހިންގާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *