Wednesday, 9 September 2026
Ads by

ރައީސްގެ ވަޢުދާއި އެއްގޮތަށް ގިރާވަރު ހިއްކަން ފަށައިފި

ރައީސްގެ ވަޢުދާއި އެއްގޮތަށް ގިރާވަރު ހިއްކަން ފަށައިފި

ގިރާވަރު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ގިރާވަރު ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

Ad Image
Ads by

ގިރާވަރު ހިއްކަން ފަށާފައިވާކަން ހާމަކުރައްވަމުން ”އެކްސް“ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ގިރާވަރު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ގިރާވަރުން 169 ހެކްޓަރުގެ ބިމެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން އެ ސަރަހައްދުން 56 ހެކްޓަރުގެ ބިމެއް ވަނީ ހިއްކައިފައެވެ. އެއާއެކު ގިރާވަރުން ދެން ހިއްކަން ޖެހޭނީ މުޅިއެކު 113 ހެކްޓަރުގެ ބިމެކެވެ.

ގިރާވަރު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެނައި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ އޮރަންޖީއާ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޑްރެޖަރަކަށްވާއިރު، މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި ބޮޑު ޑްރެޖަރެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ގިރާވަރު ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެތަނުން ގޯތި ލިބުނު މީހުންގެ ގުރު ނެގުމުގެ ކަންކަން މާދަމާ ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފައެވެ. ގިރާވަރުގެ އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައި އެ ސަރަހައްދުން ޖުމްލަ 4،072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ:

  • 1،250 އަކަފޫޓުގެ 2،603 ގޯތި
  • 1،650 އަކަފޫޓުގެ 1،214 ގޯތި
  • 2،050 އަކަފޫޓޫގެ 254 ގޯތި
  • 2،450 އަކަފޫޓުގެ އެންމެ ގޯއްޗެއް

ގިރާވަރު ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ. މީގެ އިތުރުން ރަސްމާލޭ ބިންހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާއިރު ގުޅީފަޅުން ވެސް އިތުރަށް ބިންހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދުތަކުން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މިހާރު ވެސް ވަނީ ހުޅުވާލައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި