Ads by
ދީން
އެސްފީނާ ޖެހިފައި ހުރިތޯ ބަލާނެގޮތް

އެސްފީނާއަކީ އަނެކާއާއި ދިމާލަށް ބަލާ ބެލުމެއްގެ ސަބަބުން ނުވަތަ ދެކެވޭ ވާހަކަތަކެއް ސަބަބުން އެބެލެވުނު ފަރާތަށް ގެއްލުމެއް ލިބުމެވެ.

Ads by Eki Online

އެސްފީނާއަކީ އޭގެ ސަބަބުން ވަރަށް ގިނަ ބޮޑެތި ކަންތައްތަކެއް މީހާއަށް ކުރިމަތިކުރުވާފާނެ ކަމެކެވެ.
“ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” اسْتَعِيْذُوا بِا للهِ مِنَ الْعَيْنِ فَإِنَّ الْعَيْنَ حَقٌّ ” މާނައީ: ” އެސްފީނާއަކީ އޮތް އެއްޗެކެވެ. ފަހެ، ﷲ ގެ ހަޟްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ! ” (އިބުނުމާޖާ، ބާބުލް ޠިއްބު؛ އަލް ޙާކިމް، އަލް މުސްތަދްރަކް. އަލް އަލްބާނީ ވަނީ މިޙަދިޘް ސައްޙަކުރައްވާފައި)

:އެސްފީނާ ޖެހުމުން އެކިފަހަރު، އެކިމީހުނަށް ދިމާވާނީ އެކި ގޮތެވެ. އެސްފީނާގެ ސަބަބުން ފެންނާނެ ބައެއް ޢަލާމާތްތަކަކީ
ލޮލުގައި އާދަޔާ ޚިލާފަށް ރިއްސުން
ލޮލުން ދިލަނެގުން
ލޮލުން ހޫނުއެރުން
ލޮލުން އިރުއިރުކޮޅާ ފެން އައުން
އަވަސް އަވަހަށް އަބަދު އެސްފިޔަ ޖެހޭގޮތްވުން

އެސްފީނާ ޖެހިފައި ހުރިތޯ ބެލުމަށް ރުޤްޔާ ކިޔެވިދާނެއެވެ. ކިޔަވަމުންދާއިރު ހަށިގަނޑަށް އުނދަގޫތައްވާނަމަ އެސްފީނާ ޖެހިފައިހުރިކަން ޔަޤީންވީއެވެ. ކިޔަވަމުންދާއިރު ފެނިދާނެ ބައެއް ޢަލާމާތްތަކުގެ ތެރޭގައި ލޮލުގައި ގަދަޔަށް ރިހުން, ލޮލުން ފެން އަންނަން ފެށުން, އާދަޔާ ޚިލާފަށް ގައި ކަހަން ފެށުން,  ބުރިކަށިން ނުވަތަ އުނަގަނޑުން ހޫނުއެރުން, ބޮލަށް ބަރުވުން ނުވަތަ ބޮލުގައި ރިހުން, ބަނޑަށް ތަދުވުން ނުވަތަ ގައިގެ އެހެން ތަނެއްގައިވިޔަށް ރިހުން ހިމެނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *