Ads by
ޚަބަރު
ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެމްއެސްޕީ ހަމަޖައްސައިފި

ކުރިއަށް އޮތް ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެސްޕީ) ހަމަޖައްސައިފިއެވެ.

Ads by Eki Online

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން  ބުނެފައިވަނީ 1445 ވަނަ އަހަރުގެ ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެމްއެސްޕީ ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދެމެދު  ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ. އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންްގ ޑިރެކްޓަރ އިބްރާހިމް ރަފީގްއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިޙްޔާ ފޯރަމްއަކީ ކޮންމެ ރަމަޟާން މަހެއްގައިވެސް ބާއްވަމުން އަންނަ ފޯރަމެއް ނަމަވެސް މި އަހަރު މި ފޯރަމްގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް އެ ވުޒާރާ އިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. މިގޮތުން މި އަހަރު ވަނީ ޖުމްލަ 155،000 ރުފިޔާގެ އިނާމު އެމްއެސްޕީގެ ފަރާތުން ސްޕޮންސަރ ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *