Sunday, 26 July 2026
Ads by

އެމްއޭސީއެލްގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ކެމްޕޭނެއް

އެމްއޭސީއެލްގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ކެމްޕޭނެއް

އެމްއޭސީއެލްގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކަންކަން ކުރަނީ--- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ސަރވިސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

Ad Image
Ads by

މޯލްޑިވްސް ބްލަޑް ސަރވިސްއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށްދާނީ 31 ޖެނުއަރީ 2026 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފުރުތަމަ ދުވަހާއި ހަމައަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ، އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރުގައެވެ.

ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެހެންނަމަވެސް ކުރީ އަހަރުތަކާ ޚިލާފަށް މި އަހަރު، މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ ދަޢުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން، ރިސޯރޓް މުވައްޒަފުންނަށް ވެސް ހުޅުވާލައިގެންނެވެ.

މިގޮތަށް ބަދަލުކުރުމުގެ މަޤުސަދަކީ ލޭ ލިބުން ދަތިވެ, ބްލަޑް ސަރވިސް އިން އާންމުންގެ އެހީތެރި ކަމަށް އެދިފައިވާތީއާއި، ކޮންމެ އަހަރެއްގެ ރޯދަ މަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލް އިން އަންނަނީ މުޖުތަމައަށް ފައިދާ ހުރި މިފަދަ ތަފާތު އިޖުތިމާޢީ ހަރަކާތްތައް މެދުނުކެނޑި ހިންގަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
raalh
ރާޅުގަނޑު ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސާފިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް!
madam minivan
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތަހުނިޔާ ފޮނުއްވައިފި
th project
ތ. އަތޮޅުގައި 175 މިލިޔަން ޑޮލަރުގެ ބިޔަ ޓައުންޝިޕް މަޝްރޫއެއް ފަށަނީ
20260726_002438
'ކޮކްރޯޗު' މުޒާހަރާތަކުގައި ބައިވެރިވި މުސްލިމު ދަރިވަރުންނަށް ޓާގެޓުކޮށް އިންޑިއާއިން ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި