Wednesday, 9 September 2026
Ads by

ވަޒީފާއަށް އަހުލުވެރިވުމަށް ބާއްވާ ”ސްކިލްއަޕް ޔޫތު“ ވޯކްޝޮޕް އަންނަ މަހުގެ 7 ގައި ބާއްވަނީ

ވަޒީފާއަށް އަހުލުވެރިވުމަށް ބާއްވާ ”ސްކިލްއަޕް ޔޫތު“ ވޯކްޝޮޕް އަންނަ މަހުގެ 7 ގައި ބާއްވަނީ

ޔޫތު މިނިސްޓްރީއިން މީގެ ކުރިން ހިންގި ވޯކްޝޮޕެއްގެ ތެރެއިން: ފޮޓޯ/ މިނިސްޓްރީ

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމްކުރާ ”ސްކިލްއަޕް ޔޫތު“ ވޯކްޝޮޕް އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

Ad Image
Ads by

ކުރިން ”ތައްޔާރުވަމާ“ ގެ ނަމުގައި ހިންގުނު މި ޕްރޮގްރާމަކީ ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށާއި، ވަޒީފާގެ މާޙައުލަށް ބޭނުންވާ މުހިންމު ހުނަރުތައް އުނގަންނައިދިނުމަށް ހިންގާ ޚާއްޞަ ވޯކްޝޮޕެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވާ ބުރާސްފަތި ދުވަހު، ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތު ހަބުގައެވެ. ވޯކްޝޮޕް ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 08:30 އިން ހަވީރު 17:30 އަށެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ޒުވާނުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޔޫތު މިނިސްޓްރީން ޢާންމުކޮށްފައިވާ ކިޔު.އާރު (QR) ކޯޑު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށް ބޭނުންވާ އިތުބާރާއި ހުނަރު ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން އުންމީދު ކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި