Ads by
ޚަބަރު
މަޖިލިސް 24: އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
އިންތިޚާބަށް ކުރިމަތިލާ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ކުރިއަށް ގެންދަނީ - ފޮޓޯ:އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންގޮސްފިއެވެ.

Ads by Eki Online

އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ކަމަށް އީސީގެ ފަރާތުން ކަނޑައެޅި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ގުރުއަތުނެގުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައެވެ.

ވިހިވަނަ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށް ނިންމާފައިވާއިރު، އިންތިޚާބުގައި ވާދަކުރުމުގެ ސުންގަޑި ހަމަވިއިރު 381 ފަރާތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅިކަމަށް އީސީން ބުނެއެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ މުއްދަތު ބުދަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވިއިރު، އީސީން ކަނޑައަޅާފައިވަނީ އިންތިޚާބުގައި ވާދަކުރަން އެދި ފޯމު ހުށަހެޅުމުން އެ ފޯމު ބަލައިގަތުމާ ގުޅޭގޮތުން ގޮތެއް ނިންމައި 48 ގަޑިއިރު ތެރޭގައި ފޯމު ހުށަހެޅި ފަރާތްތަކަށް އަންގަން ޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ގުރުއަތުނެގުމަށް ހާޟިރު ނުވެވޭ ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ފަރާތަކަށް ގުރުއަތު ނެގުމުގައި ބައިވެރިވުމުގެ އިންތިޒާމް އީސީން ފަހިކޮށްދިންއިރު، ކެންޑިޑޭޓް ނުވަތަ ބަދަލުގައި އެއްވެސް ފަރާތަކުން ހާޟިރު ނުވާ ކެންޑިޑޭޓުންގެ ބަދަލުގައި ގުރުއަތު ނަގާފައިވަނީ އެ ކޮމިޝަނުންނެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް އީސީން ނިންމާފައި ވީނަމަވެސް، ރައްޔިތުންގެ މަޖިލިހުން މިފަހުން ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނެސްފައެވެ. އިންތިޚާބެއް ރަމަޟާން މަހާ ދިމާވާނަމަ، އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުން ކަމަށް ގެނެސްފައިވާ އިސްލާޙު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ތަޞްދީޤެއް ނުކުރައްވައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *