ދިވެހިރާއްޖެއަކީ އިންސައްތައަކަށް ބަލާއިރު 99 އިންސައްތަ ކަނޑު ހިމެނޭ ގައުމަކަށް ވުމާއެކު، ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށެވެ. މީގެ ތެރެއިން ވެސް ކަނޑުގެ އަޑީގައިވާ މިނަރަލްސް އާއި ތެލާއި ގޭސް ހޯދުމުގެ މަސައްކަތަކީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ބަދަލުކޮށްލުމަށްޓަކައި ކުރެވޭ އުންމީދީ މަސައްކަތެކެވެ. މިއީ މިއަދު އަލަށް ފެށިގެން އުޅޭ ކަމެއް ނޫނެވެ. ރާއްޖޭގެ ކަނޑުގެ އަޑީގެ މުއްސަނދިކަން ހޯދުމަށްޓަކައި މީގެ އެތައް އަހަރެއް ކުރިން ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ.
ރާއްޖޭން ތެޔޮ ހޯދުމުގެ ތާރީޚަށް ބަލާއިރު، 1960 އާއި 1970 ގެ އަހަރުތަކުގައި މި މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް ދިޔައެވެ. އެގޮތުން 1968 ވަނަ އަހަރު، އެންމެ ފުރަތަމަ ރާއްޖޭން ތެޔޮ ހޯދުމުގެ ހުއްދަ ދެވުނީ ފަރަންސޭސިވިލާތުގެ ކުންފުންޏަކަށެވެ. މި ހުއްދައާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ދިރާސާތައް ފެށިގެން ދިޔައެވެ. އަދި 1970 ގެ ކުރީކޮޅު، ބޭރުގެ ބައެއް ކުންފުނިތަކުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ސީޒްމިކް ސާވޭތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސާވޭތަކުގެ އަލީގައި، 1970 ގެ ފަހުކޮޅު ފުރަތަމަ ފަހަރަށް ފުންކޮށް ކޮނެގެން ތެޔޮ ހުރިތޯ ބެލުމުގެ އުންމީދީ މަސައްކަތްތަކެއް ކުރެވުނެވެ. މިގޮތުން 1976 އާއި 1978 އާ ދެމެދު އެމެރިކާގެ ކުންފުންޏަކުން ރާއްޖޭގެ ދެކުނުން ހައްދުންމައްޗާއި ހުވަދު އަތޮޅާ ދެމެދުގެ ސަރަހައްދެއްގައި ވަޅެއް ކޮނުނެވެ.
ނަމަވެސް، އެމެރިކާ ކުންފުނިން ކުރި މި ބުރަ މަސައްކަތުގެ ނަތީޖާ އުންމީދު ކުރި ގޮތަކަށް ނުނިކުތެވެ. ގާތްގަނޑަކަށް 15،000 ފޫޓު އަޑިއަށް ކޮނުނު ނަމަވެސް، ވިޔަފާރި އުސޫލުން ބޭނުންކުރެވޭ ފަދަ ތެލުގެ ނިޝާނެއް އެ ސަރަހައްދަކުން އޭރު ނުފެނުނެވެ. އެހެންނަމަވެސް، މި ނާކާމިޔާބީއާއެކު ދިރާސާތައް ހުއްޓައެއް ނުލައެވެ. 1980 އާއި 1990 ގެ އަހަރުތަކުގައި އާ ވަޅުތަކެއް ނުކޮނުނު ކަމުގައިވިޔަސް، ސައިންޓިފިކް ދިރާސާތައް މެދުނުކެނޑި ކުރިއަށް ދިޔައެވެ. މި ދުވަސްވަރު އެކި ކުންފުނިތަކުން ވަނީ ރާއްޖޭގެ ކަނޑުގެ އަޑީގެ ފަށަލަތައް ހުރި ގޮތުގެ ”ޓޫޑީ“ ސީޒްމިކް ޑޭޓާ އެއްކޮށް، ކަނޑުގެ އަޑީގެ ޗާޓުތައް ކުރަހާފައެވެ.
މިހާތަނަށް ކުރެވުނު ދިރާސާތަކުން އެނގުނު އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަކީ ތެޔޮ ހުރުމުގެ ފުރުސަތު އޮތް ”ސެޑިމެންޓަރީ ބޭސިން“ ތަކެއް ކަމެވެ.
ރޮއިޓާސް ނޫހުގައި 4 ސެޕްޓެމްބަރު 2008، ގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި ވެއެވެ. ރާއްޖޭގެ ކަނޑުގެ ސަަރަހައްއްދުން ތެޔޮ ހޯދުމަށް ދެ ކުންފުންޏެއްގެ ޝައުގުވެރިކަން ފާޅުކުރިކަމެވެ. އެހެން ވިދާޅުވެފައިވަނީ އޭރުގެ ޑެޕިއުޓީ ޓްރޭޑް މިނިސްޓަރު އަބްދުﷲ ސާލިހެވެ. އޭނާ ރޮއިޓާސްއަށް ދިން އިންޓަވިއުއިން އެނގުނު ގޮތުގައި ރާއްޖެ ކަނޑުގެ އަޑީގެ މައުދަންތައް ހޯދުމުގެ މަސައްކަތް މަޑު ދުވެއްޔެއްގައި އޭރުވެސް ކުރިއަށް ދިޔަކަން އެނގެއެވެ. އަދި މަޑުޖެހުމެއް އައިސްފައި ވަނީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ރަން ތިރީސް އަހަރުގެ ނިމުމަކަށް ގެނުވި އިންތިޚާބު ބޯމަތިވެފައިވުމުންކަން އެނގެއެވެ.

އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައުދަންތައް ހޯދުމުގެ މަސައްކަތް ރައީސް މައުމޫންގެ ވެރިކަމުގައިވެސް ކޮންމެވެސް ވަރަކަށް ކުރެވިފައިވާކަން ތާރީޙުން އެނގެން އެބައޮތެވެ. ނަމަވެސް ތާރީޙުން ފެންނަ ހަގީގަތަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް އަދި ދެވަނަ ވެރިކަމުގައިވެސް ރާއްޖޭގެ ކަނޑުގެ އަޑީގެ މައުދަންތައް ހޯދުމަށް ނުވަތަ އެއީން އިޤްތިޞާދު ސިންދަފާތުކުރުމަށް އެދެވިގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޭންސް އެނާޖީއިން 2010ވަނަ އަހަރު، ރާއްޖޭގެ ދެކުނުގެ ސަރަހައްދެއްގައި ތެޔޮ ހުރިތޯ ބެލުމަށް ޖަރުމަނުގެ ”ހޭންސް އެނާޖީ“ ކުންފުންޏަށް ހުއްދަ ދޫކުރިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބީޖީޕީ ސާވޭއެއް ހެދިއެވެ. ވެރިކަމަށް އައުުމުގެ ކުރިއަށް އިދިކޮޅުގައި ތިބެ، ތިމާވެށީގެ ”ޗެންޕިއަނުން“ ގެ ގޮތުގައި ވަކާލާތުކުރެވުނީތީ، މި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވަރަށް ސިއްރިއްޔާތުގައެވެ. ނަމަވެސް ދިރާސާތައް ކުރުމަށް ހުއްދަ ދޫކުރުމުގެ ބޭރުން ރާއްޖޭގެ ކަނޑުގެ އަޑީގެ މައުދަންތައް ހޯދާ، އެއިން ނަފާވެރިކަން ހޯދުމަށް އެއްވެސް ކަހަލަ ސިޔާސަތެއް އެމްޑީޕީއިން ގެންގުޅެފައެއް ނުވެއެވެ.

ތެޔޮ ހޯދުމަށް ކުރެވުނު މަސައްކަތް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެޔޮ ހޯދުމަކީ 2013 ވަނަ އަހަރުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެވަޑައިގަތް ރިޔާސީ ވަޢުދުފުުޅެކެވެ. މިހާރުގެ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މަޖިލީހުން އެ ދައުރުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުނުް ތެޔޮ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރު މޯލްޑިވްސް އިންޑިޕެންޓެންޓް ނޫހުގައި ލިޔެފައިވާ ޚަބަރެއްގައި ވަނީ ޖަރުމަނުގެ 25 ސައިންސްވެރިންނާއި އެކު އެ ދައުރުގައި ދިރާސާތަކެއް ކުރެވުނު ކަމަށެވެ. އެކަމަށް ޚާއްޞަ ޖަރުމަނުގެ އުޅަނދެއް ކަމުގައިވާ ”ސޯން“ ރާއްޖެ ގެނެސް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
އޭރުގެ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއަށް ހަވާލާދީ އެ ނޫހުގައި ލިޔެފައި ވަނީ އެ މަސައްކަތް ކުރިއަށް ގެންދެވުނީ ލ. އަދި ތ. އަތޮޅުގެ 100 މޭލު އިރުމަތީ ސަރަހައްދަކުން ކަމަށެވެ. އެއީ ރާއްޖޭގައި ތެޔޮ ހުރިކަމަށް ލަފާކުރެވޭ 3 ސަރަހައްދުގެ ތެރެއިން އެއް ތަން ކަމުގައި ވެއެވެ. އެ ތިން ސަރަހައްދު ހޯދިފައި ވަނީ ފްރާންސްގެ ތެޔޮ ކުންފުންޏެއް ކަމުގައިވާ އެލްފް އެކުޓައިން އިން 1968-1978 ވަނަ އަހަރުގެ ތެރޭގައެވެ.

2015 ވަނަ އަހަރު ހަމަ އެ ނޫހުން ރިޕޯޓްކޮށްފައި ވަނީ ރާއްޖެ ސަރަޙައްދުގައި ތެޔޮ ހުރިކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.
”އާ ދިރާސާއަކުން ރާއްޖޭގައި ތެލާއި ގޭސް ހުރިކަން ކަށަވަރުވެފައިވީ ނަމަވެސް ފޮސިލް ފިއުލް ނެގުމަކީ އިޤްތިޞާދީ ގޮތުން ކުރެވޭނެ ކަމެއް ކަމެއް އަދި ސާފެއް ނުވޭ.“ މިނިސްޓަރު ޝައިނީއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
2016 ވަނަ އަހަރު ސަން އޮންލައިންގައި ރިޕޯޓްކޮށްފައި ވަނީ ތެޔޮ ހުރިތޯ ޔަގީންކުރުމަށް ޖަރުމަނުގެ ހެމްބާގް ޔުނިވަސިޓީން ރާއްޖޭގައި ކުރި ދިރާސާއިން ތެޔޮ ހުންނަ ސަރަހައްދުތަކުން ފެންނަ ކަހަލަ މުރަކަ އާއި އެހެން އެހެން ނިޝާންތައް ރާއްޖޭގެ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށެވެ. އަދި ބ. އަތޮޅުގެ އިރު އުތުރާއި އިރުދެކުނުން ތެޔޮ ހުރެދާނެ ފަދަ ލޭޔަރެއް ފެނިގެން އަށް ތަނެއް ތޮރުފައިގެން ހެދި އެ ޖިއޮލޮޖިކަލް ދިރާސާއިން ކަނޑުގެ އަޑީގައި އުފެދިފައި ހުރި ވަޅުތަކުން ކޮންމެވެސް މިންވަރަކަށް މީތޭން ގޭސް އަރަމުން ދިޔަކަން އެނގެން ދިޔަ ކަމަށް ވެއެވެ. އެހެންކަމުން ރާއްޖޭގައި ހުރީ ކިހާވަރެއްގެ ތެޔޮވަޅެއްތޯ ބެލުމަށް އޭރު މަސައްކަތް ކުރެވުނުވެ.

އެ މަސައްކަތް ހުއްޓުނީ ކީއްވެ؟
ތެޔޮ ވަޅުތައް ހޯދިފައިވާ ގައުމުތަކުން އެ މަސައްކަތް ކާމިޔާބުކޮށްފައިވަނީ 10 އަހަރުގެ އިސްތިރާޖީ ޕްލޭނެއްގެ ދަށުން މަސައްކަތްތަކެއް ކޮށްގެންނެވެ. އެކަމަކު 2013 ވަނަ އަހަރުން 2018 ވަނަ އަހަރާއި ދެމެދު އޭރުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ އަޑިން ތެޔޮ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔައިރު، އިދިކޮޅުގައި އޮވެ، އެމްޑީޕީއިން ދިޔައީ ”އެމެޖެންސީ ކޯލް ފްރޮމް މޯލްޑިވްސް“ ގެ ނަމުގައި ބައިނަލްއަގްވާމީ މަންސަތަކުގައި ތެޔޮ ހޯދުމުގެ މަސައްކަތް ހުއްޓުވުމަށް އަޑުއުފުލަމުންނެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތް ”ފުޑާލުމަށް“ ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
ނަތީޖާއަކަށްވެގެން ދިޔައީ އެ މަސައްކަތް ހުއްޓުވަން އަޑުއުފުލާ އެކަމަށް ރިޔާސީ ވައުދުވެގެން ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ ކަނޑު އަޑީގެ މައުދަންތައް ހޯދައި، އިޤްތިޞާދު ސިންދަފާތު ކުރުމުގެ ވިސްނުން ދޫކޮށްލުމެވެ. އެހެންކަމުން އެމްޑީޕީގެ ދެވަނަ ވެރިކަމުގައިވެސް ތެޔޮ ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު
އެތައް ދިރާސާތަކެއް ކުރެވިގެން ދިޔައީ އެމަނިކުފާނު ކެބިނެޓުގެ ވަޒީރެއްގެ ގޮތުގައި އޭރު އިންނަވައިގެންނެވެ. އެ މަސައްކަތްތައް ގާތުން ބައްލަވައިގެންނެވެ. ރާއްޖޭގެ ކަނޑުގެ އަޑީގައި ތެޔޮ ހުރިކަން ޔަގީންކުރެވޭއިރު، ހުރީ ކޮން ވަރަކަށްތޯ ބެލުމަށް މަސައްކަތް ކުރަން ޖެހޭކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. ޢިލްމީ އަދި ދިރާސީ މަސައްކަތަކެއް ކުރުމަށްފަހު، ކަރުދާތައް ޑަސްބިނަށް އަޅާލުމަކީ އެމަނިކުފާނުގެ ޟަމީރު ޤަބޫލުކުރާކަމެއް ނޫނެވެ. އެއީ އެމަނިކުފާނަކީވެސް ޢިލްމީ އަދި ދިރާސީ ބޭފުޅެއް ކަމުގައިވާތީއެވެ.
އެކަން އެނގިގެން ދިޔައީ ވެރިކަމަށް ވަޑައިގަތުމާއި އެކު ފިޝަރީސް އެންޑް އޯޝަން ރިސޯސެސްގެ ނަމުގައި ޚާއްސަ ވުޒާރާއެއް ފުރަތަމަވެސް އުފެއްދެވުމުންނެވެ. އަދި އެސްއީޒެޑުތަކުގައި ހިންގޭނެ މަސައްކަތްތަކުގެ ތެރޭގައި ތެލާއި މައުދަން ހޯދުން ހިމަނާ އެ މަސައްކަތް ފެއްޓެވުމަށް ތައްޔާރުވުމުންނެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް)ގައި ކުރެވޭ އެ ބާވަތުގެ މަސައްކަތްތައް ހިމަނުއްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރަށް އިސްލާހު ގެނެސް މި ހަފްތާގެ އަންގާރަ ދުވަހު ވަނީ ތެލާއި ގޭހާއި މިނެރަލް އެކްސްޕްލޮރޭޝަން މަސައްކަތްތައް ހިމަނުއްވައިފަ އެވެ.

އަނެއްކާވެސް އެމްޑީޕީއިން މި ސިޔާސަތާއި ދެކޮޅަށް!
އެމްޑީޕީ ސަރުކާރުގެ އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިކަމަށް ފާޑުވިދާޅުވުމުގެ ގޮތުން ވަނީ އެއީ ތިމާވެއްޓަށް ގެއްލުން ވާނެ ބޮޑު ގޯހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޝައުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކަނޑު މައިންކޮށްގެން ތެލާއި މިނަރަލް ހޯދޭ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެއީ ކުރު ރާސްތާގެ ފައިދާއަކަށް ވިސްނައި، ހަދާ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. ޝައުނާ މިފަދައިން ވިދާޅުވުމުން ތިމާވެށީގެ ކަންކަމުގައި އަޑުއުފުލާ އެތައް ފަރާތްތަކުން ވަނީ އޭނާއަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ.
Your moral awakening is effin laughable @anuahsa! during your tenure you approved ecological destruction, gutted environmental safeguards and called wrecking the environment “development” and now you pretend to care? https://t.co/IU19u8sxCK pic.twitter.com/P9kbOJymFp
— Pokman 🇲🇻 (@PokmanMV) January 29, 2026
މީގެ އިތުރުން ޝައުނާގެ މިނިސްޓަރުކަމުގައި އެކަމަނާގެ ލަފާފުޅުގެ މަތިން ތިމާވެއްޓަށް އެންމެ ގެއްލުންދިނީ މިދިޔަ އެމްޑީޕީވެރިކަމުގެ 5 އަހަރު ކަމުގައި ތިމާވެށިގެ ކަންކަމުގައި އަޑުއުފުލާ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

”މީގެ ގެއްލުން މެރިން ބައޮޑައިވަސިޓީއަށް ކުރާނެ. ރާއްޖޭގެ މަސް ކަނޑުތައް ހަލާކުވެގެންދާނެ، އަދި ރާއްޖޭގެ ޓޫރިޒަމްގެ އަގު ވެއްޓިގެންދާނެ،“ ޝައުނާ ވިދާޅުވެފައި ވެއެވެ.
ޝައުނާގެ އެ ވާހަކަތަކާ ގުޅިގެން މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، ކަނޑުގެ ވަސީލަތްތައް ދެނެގަތުމަށް ކުރެވޭ ދިރާސާތަކަކީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް އައު ދޮރުތަކެއް ހުޅުވި، އިޤްތިޞާދު ސިންދަފާތު ކުރުމަށް ލިބޭނެ ބޮޑު ފުރުސަތެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤްތިޞާދު މިވަގުތު މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް އެކަނި ކަމަށްވުމުން، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާއި އެކި މައްސަލަތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާ މިންވަރު އިންތިހާއަށް ބޮޑެވެ. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް އެހެން ދާއިރާތަކަށް ފެތުރިގަތުމަކީ މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް ހައްލު ކަމުގައި ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އޮތް ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މިހާތަނަށް އެ ސަރަހައްދުގެ ބޭނުން ގައުމަށް ހިފެނީ ހަމައެކަނި މަސްވެރިކަމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ކަނޑުގެ އަޑީގެ މުއްސަނދިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ދެނެގަތުމަށް ހަދަންޖެހޭ އެންވަޔަރުމަންޓަލް އިމްޕެކްޓް އެސެސްމެންޓްތަކާއި (އީއައިއޭ) ސައިންޓިފިކް ދިރާސާތަކަށް ފަހު، ކަނޑުގެ ދިރުންތައް ހިމާޔަތްކުރެވޭނެ ފަދަ ދެމެހެއްޓެނިވި އުސޫލަކުން ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރުގެ ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކު އަސަރު ކުރާ ގައުމަކަށް ވާއިރު، ކަނޑުގެ ވަސީލަތްތައް ހޯދައި ބޭނުންކުރުމުގެ މަސައްކަތް ކުރިއަށްދާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ބުރޫނާރާނެހެން، ތިމާވެށީގެ ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް އައު ދާއިރާތަކަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ. ގެ ތެރޭގައި އޯޝަން ސްޓަޑީސް، އަންޑަވޯޓާ އިންޖީނިއަރިން އަދި އެންވަޔަރުމަންޓަލް ސައިންސް ފަދަ ފަންނީ ދާއިރާތަކުން ދިވެހިން ތަމްރީނުވެ، ތަަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަން މިނިސްޓަރު ދެކިވަޑައިގަންނަވައެވެ.
President Dr. Mohamed Muizzu's strategic plan to diversify the Maldivian economy beyond tourism and fisheries represents a visionary and pragmatic step toward long-term resilience. Our economy is vulnerable to external shocks and by broadening our economic base, we reduce these… https://t.co/KKfqVGOc78
— Ahmed Shiyam (@Shiyamaldives) January 28, 2026
ކައިރި ސަރަޙައްދީ ޤައުމުތަކުން މިފަދަ މަޢުދަންތައް ފެނިފައިވާއިރު، މި މަސައްކަތަކީ އުންމީދީ މަސައްކަތެކެވެ. ދިރާސާތަކުގެ އަލީގައި ފާހަގަވެފައިވާކަންކަން ޔަޤީންކުރުމަށްފަހު، އިޤްތިޞާދީ ނަފާވެރިކަން އިތުރުކުރުމަށް ހުޅުވިގެންދާނެ އިތުރު ދޮރެކެވެ.





ތިޔައީ އަބަދުވެސް އެމީހުންގެ ހާލު. ކަމެއް ނުކުރާތާނގަ, ރަނގަޅު ކަމެއް ބަޔަކު ކުރަން އުޅުނަސް ހުއްޓުވާނެ