Ads by
ޚަބަރު
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރިމް ކޯޓުން ވަގުތީ އަމުރެއް ނެރެފި

އާންމުންނަށް ގޯތި ދިނުމަށް ކަނޑައަޅައި ހިއްކަންފެށި ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު އަލުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެއްޖެއެވެ.

Ads by Eki Online

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް އާންމު ފަރާތަކުން ވަނީ ހުށަހެޅި މައްސަލައާ ގުޅިގެން މަޑުޖައްސާލަން ހައިކޯޓުން ހުކުމް ކުރީ އިއްޔެއެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅާފައެވެ. ގުޅިފަޅު ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައި ވަނީ ހައި ކޯޓުގެ އަމުރު ތަންފީޒުވެއްޖެ ނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވޭތީ ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އަންގާ ކަމަށެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *