Tuesday, 17 November 2026
Ads by

5 އަހަރުން އަމީނީމަގު ނުނިންމުނު މޫކޭ މިސަރުކާރަށް ކަމެއްނުވާކަމަށް ބުނުމުން ފާޑުކިޔުން!

5 އަހަރުން އަމީނީމަގު ނުނިންމުނު މޫކޭ މިސަރުކާރަށް ކަމެއްނުވާކަމަށް ބުނުމުން ފާޑުކިޔުން!

މޫސާ ޢަލިމަނިކް (މޫކޭ)

މިސަރުކާރަށް ކަމެއް ނުވާކަމަށް، ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އެމްޑީކަމުގަ ހުންނެވި މޫސާ ޢަލިމަނިކު (މޫކޭ) ބުނެފިއެވެ.

Ad Image
Ads by

މޫކޭ މިހެން ބުނިއިރު އޭނާ އާރުޑީސީގެ އެމްޑީކަމުގައި ކުންފުނީގެ ތިޖޫރީ 3 ފަހަރެއްގެ މަތިން ވަގަށްނެގި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އަމީނީމަގު ހެދުމުގެ ބޮޑު މަޝްރޫޢެއް އާރުޑީސީއާ ހަވާލުކުރީ 7 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ. ނަމަވެސް އެމްޓީސީސީގެ އެހީތެރިކަމާއެކުވެސް ވެރިކަން ނިމުނުއިރު، އަމީނީ މަގުގެ މަސައްކަތް ނުނިމެއެވެ.

އިންތިޤާލީ މަރުޙަލާގައި އަވަސް އަރުވާލާފައި ފެންވަރުދަށްކޮށް މަސައްކަތްކުރިއަށް ގެންދިއުމުގެ ނަތީޖާއަކަށްވީ އާ ސަރުކާރަށް އަހަރެއްވީއިރު 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި ޒަމާނީ އަމީނީ މަގު ގިރިގެން ދިއުމެވެ.

މިކަންކަން މިހެންއޮތުމުން އަދިވެސް އެ ފާޑުކިޔުން މޫކޭ އަށް އަމާޒުވަމުންދިޔަ ނަމަވެސް މޫކޭ ވަނީ މި ސަރުކާރުން އަމިއްލައަށް ފަށައިގެން ނިންމުނު އެއްވެސް ކަމެއް ދައުރު ދެބައިވީއިރު ދެއްކޭން އެބައޮތްތޯ ސުވާލު އުފައްދާފައެވެ. މޫކޭ މިފަދައިން ޕޯސްޓު ކުރުމާއިއެކު ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި ހަނދާންކޮށްދިނީ އޭނާގެ އެމްޑީކަމުގައި ނުނިމުނު ޒަމާނީ އަމީނީ އާއި އެއްކަލަ ތިޖޫރީގެ ވާހަކައެވެ.

 

މޫކޭއަށް ފާޑުކިޔާ އާންމުން ކޮށްފައިވާ ބައެއް ކޮމެންޓް..

 

‏އެކްސްގައި ކުރި ޕޯސްޓެއްގައި މޫކޭ ބުނީ މިސަރުކާރަށް މުޅީންވެސް އޮތީ ބާރު ސްޕީޑްގައި ކޮވެލި ބިސްއަޅާފަ ކުރެޑިޓް ނެގުންކަމަށާއި، ސަރުކާރަށް އިތުރު ގޮނޑިއެއް ދޭކަށް ރައްޔިތުން ނޭދޭ ކަމަށެވެ. އެހެންނަމަވެސް ފެންނަމުންދާ މަންޒަރުތައް ތަފާތެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރު (ޕީޕީއެމް) އިން ފެށި ކަންކަމާއި، އެމްޑީޕީގެ 5 އަހަރު ފެށި އަދި ނުނިމުނު މަޝްރޫޢުތަކުގެ އިތުރަށް މުޅިން އާ މަޝްރޫޢުތައްފެށި، ބާރު ސްޕީޑުގައި ނިމެމުންދާތަން އެބަފެނެއެވެ. އަދި ހަމަ އެހެންމެ އެފަދަ ކޮންމެ ކަމެއްގެ ކްރެޑިޓް އެމްޑީޕީން ނެގުމަށް އެކްޓިވިސްޓުން ލަައްވާ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިސަރުކާރަށް ކަމެއް ނުވާކަމަށް ބުނެ މޫކޭ ސަރުކާރަށް ފާޑުކީނަމަވެސް އޭނާގެ އެމްޑީކަމުގައި މާލެ ސިޓީ ކައުންސިލުން އަމީނީ މަގުގެ މަސައްކަތް ވަކިކޮށް ޕްލޭނިން މިނިސްޓްރީގެ ދަށަށް މަސައްކަތް ގެންގޮސް، އަގު އެތައް ގުނަޔަކަށް ބޮޑުކޮށް މަސައްކަތް އާރުޑީސީއާ ހަވާލުކުރުމުން ނަތީޖާ ނުނެރެވި ބޮޑު އިހުމާލެއްވެފައިކަން އަމީނީމަގަށް ބަލާލުމުން ސާފުވެއެވެ. މިކަންކަން އަދި ރައްޔިތުން ހަނދާނެއް ނުނެތޭކަން ކޮމެންޓްތަކުން ސާފުވެއެވެ. މިވަރުގެ ބޭފުޅަކު މިއަދު ސަރުކާރަށް ކަމެއްނުވާކަމަށް ބުނުމުން އާންމުން ވަނީ މޫކޭއަށް ފާޑުކިޔާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި