Ads by
ޚަބަރު
ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް ވޯޓުލާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.

Ads by Eki Online

ބައެއް ވޯޓު ފޮއްޓަށް އެންމެ މީހަކު ވޯޓުލާން ޖެހޭ ފަހަރު ވެސް ދިމާވެ އެވެ، އެހެންވެ އެފަދަ ހާލަތުގައި ވޯޓުގެ ސިއްރުކަން ކަށަވަރެއް ނުކުރެވެއެވެ. އެހެންވުމާއި އެކު އީސީން މި ފަހަރުގެ އިންތިހާބުގައި ވަނީ އެ މައްސަލަ ހައްލުކުރަން ނިންމައިފައެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަޖިލީހުގެ އިންތިހާބަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް މިހާރު އެ ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކަމަށެވެ. އެ ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާގެ ހަވީރު 04:00 ގެ ނިޔަލަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އިީސީން ބުނުފައިވަނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރީ-ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *