Ads by
ޚަބަރު
އެމްޑީޕީ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަޤާމަށް ކަމަށްކުރިމަތިލުމަށް އެ ޕާޓީން ހުޅުވާލައިފިއެވެ.

Ads by Eki Online

އެ ޕާޓީން ޢާންމުކުރި އިޢުލާނެއްގައިވާ ގޮތުގައި، އެ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށް އެމްޑީޕީން ވިދާޅުވެއެވެ.

އެހެންކަމުން، ރައީސް ކަމަށް ކުރިމަތިލައްވާ އެ ޕާޓީގެ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާއި އެކު ފޯމު ހުށަހެޅުއްވުމަށް އެޕާޓީން ދެންމެ އާންމު ކުރެއްވި އިޢުލާނުގައި ވެއެވެ.

ރައީސް މުޙައްްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އުފެދުނު ދެބަސްވުންތަކާއި ގުޅިގެން އެ ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން އިސްތިޢުފާ ދެއްވުމާ ގުޅިގެން އެ މަޤާމު މިއަދާއި ހިސާބަށްވެސް އޮތީ ހުސްކޮށެވެ. ނަމަވެސް އެމްޑީޕީގެ ވަގުތީ ރައީސެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ޕާޓީގެ ޤައުމީ މަޖިލީހުން ހަމަޖެއްސުމުން މިއަދާ ހަމައަށްވެސް އެޕާޓީގެ ވަގުތީ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވަނީ ރައީސް ޞާލިޙެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *