Ads by
ޚަބަރު
ފްލެޓު ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އެކައުންޓުން 5 ލައްކަ ރުފިޔާ ނަގައިފި

ފްލެޓެއް ދޭނެ ކަމަށް ބުނެ މީހަކަށް ގުޅައި މަކަރާއި އޮޅުވާލުމުގެ ތެރެއިން އޭނާގެ އޯޓީޕީ ހޯދައި އެކައުންޓުން 500،000ރ. ނަގައިފިއެވެ.

Ads by Eki Online

މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލަމުންދާއިރު، މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިނގިލީ މީހެއްގެ އެކައުންޓުން ވެސް 200،000ރ. ނެގި މައްސަލައެއް ފެންމަތިވެފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކު ހޯދާފައިވާ ކަމަށެވެ.

މިއަދު ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައި ވަނީ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. އަދި އެފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ނުވެ ފައިސާއަށް ރައްކާތެރިވާން ވެސް އެދިފައިވެއެވެ.

އެނގިފައިވާ ގޮތުގައި އޯޓީޕީ ހޯދައި އެކައުންޓުން ފައިސާ ފޭރިގަތީ އެއްފަހަރާއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެކި ކަހަލަ ސްކޭމްތަކުގެ މައްސަލާގައި މީހުންގެ އަތުން 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *