Ads by
ޚަބަރު
މަޖިލިސް އިންތިހާބުގައި މަދުވެގެން 65 ގޮނޑި ކާމިޔާބު ކުރާނެ: ފައްޔާޒު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން މަދުވެގެން 65 ގޮނޑި ނަގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by Eki Online

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒަށް ކެންޑިޑޭޓުންގެ ފޯމްތައް މިއަދު ހުށަހެޅުމަށްފަހު ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ވީހާވެސް ގިނަ ގޮނޑިތައް ނެގުން ކަމުގައެވެ. ހަމަ އެއާއެކު ފައްޔާޒު ވިދާޅުވީ 19 މަޖިލިހުގައި އެމްޑީޕީން ނެގިވަރަށް ގޮނޑިތައް މަދުވެގެން ނަގާނެ ކަމުގައެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހާ އެއްވަރު ނޫނީ އެއަށްވުރެ ރަނގަޅު އަދަދެއް ކާމިޔާބު ކުރަން މަސައްކަތް ކުރާނީ.

– ޗެއަރޕާސަން ފައްޔާޒު

ފައްޔާޒު އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރާ މެދު ރައްޔިތުން ދެކެމުން އައި އުއްމީދާ އިތުބާރު 2 މަސް ތެރޭގައި ވަނީ ގެއްލިފައެވެ. ރައްޔިތުންގެ ހުރި ކަަންބޮޑުވުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށްވެސް ކެންޑިޑޭޓުން ވަނީ ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހުއެވެ. މިމުއްދަތު ހަމަވާނީ މި ހަފްތާ އަންގާރަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ކަތީބު1 ހަފްތާ ކުރިން

ފަސްގޮނޱިވެސް ނުލިބޭނެ .

0
0
އަދުރޭ1 ހަފްތާ ކުރިން

ހަނދާން ނައްތާލާ

0
0