Ads by
ޚަބަރު
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

Ads by Eki Online

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ކަމެކެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމުގެ މަޤްޞަދަކީ ޓެކްސީ ޑްރައިވަރުންނަށް މާލީ ނިޒާމުގެ ތެރެއިން ލޯނު ނެގުމާއި މާލީ ވަސީލަތްތައް ހޯދަން ފަސޭހަކޮށްދިނުމަށެވެ. އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމުގެ ތެރެއިން މުއާމަލާތް ކުރުން ފަސޭހަކޮށްދިނުން ހިމެނެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ މީހުން އެ މިނިސްޓްރީގެ ސިމްސް ޕޯޓަލްއިން މިކަމަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވައިލުމުން އެ ފަރާތްތަކަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބަލައިގަންނާނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *